ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 07:57
އެ ދުވަހަކު ކުރާ އޯޑަރުތައް އެ ދުވަހަކު ޑެލިވަރީ ކޮށްދޭނެ ކަމަށް ވީބީން ބުނޭ
އެ ދުވަހަކު ކުރާ އޯޑަރުތައް އެ ދުވަހަކު ޑެލިވަރީ ކޮށްދޭނެ ކަމަށް ވީބީން ބުނޭ
ވީބީ ބްރަދާސް
ވީބީ ބްރާދާސް
ވީބީގެ ވެބްސައިޓް ލޯންޗު ކުރުމާއެކު އޮންލައިންކޮށް ވިޔަފާރީ ކުރުމުގެ ފުރުސަތު
މެންދަމު 00:00 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ޑެލިވަރީއަށް ބެނުންވާ ސްލޮޓް ހިޔާރު ކުރެވޭނެ
އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވީބީގެ ފިހާރަތަކުން ވިއްކާ ހުރިހާ ސާމާނުތަކެއް ލިބިގެންދާނެ

ވީބީގެ ވެބްސައިޓް ލޯންޗު ކުރުމާއެކު ވީބީ މާޓުން އޮންލައިންކޮށް ވިޔަފާރީ ކުރުމުގެ ފުރުސަތު ވީބީ ބްރަދާސް އިން އާންމުންނަށް ހުޅުވާލައިފިއެވެ.

މިވެބްސައިޓްމެދުވެރިކޮށް ވީބީގެ ފިހާރަތަކުން ވިއްކާ ހުރިހާ ސާމާނުތަކެއް ލިބިގެންދާނެއެވެ. ވީބީ އިން ބުނީ ބުނީ ކޮންމެ ދުވަހެއްގެ މެންދަމު 00:00 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ޑެލިވަރީއަށް ބެނުންވާ ސްލޮޓް ހިޔާރު ކުރެވޭނެ ކަމަށެވެ. އަދި އެ ދުވަހަކު ކުރާ އޯޑަރުތައް އެ ދުވަހަކު ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ވީބީ މާޓުން ބުންޏެވެ.

އޮންލައިންކޮށް ވިޔަފާރީ ކުރުމުގެ ފުރުސަތު ވީބީން ހުޅުވާލާފައިވާއިރު ފިހާރައަށް ގޮސް ގެންވެސް ވިޔަފާރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ފިހާރައަށް އަންނައިރު މާސްކް އަދި އަންގި އެޅުމަށާއި އެއްފަހަރާ ފިހާރައަށް ވަދެވޭނީ ގިނަވެގެން 3 ކަސްޓަމަރުންނަށް ކަމަށް ވެސް ވީބީން ބުނެއެވެ.

ވީބީ ބްރާދާސްގެ ފިހާރައެއް

ކޮންމެ ކަސްޓަމަރެއް ވެސް ފިހާރައަށް ވަނުމުގެ ކުރިން ތާމަލް ޓެސްޓް ކުރެވޭނެ ކަމަށް ވީބީ ބްރަދާސްއިން ބުނެއެވެ. އަދި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން، އަބަދުވެސް ތިން ފޫޓްގެ ގައިދުރު ކަމެއް ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތަކާއި، އެނޫން ވެސް ދިވެހިންގެ ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ޒަރޫރީ ބާވަތްތަކުގެ މުދާ އެތެރެކޮށް، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް