ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 18:49
ދިރާގު ހެޑް އޮފީސް ހުންނަ އިމާރާތް
ދިރާގު ހެޑް އޮފީސް ހުންނަ އިމާރާތް
މުހައްމަދު ޝަރުހާން
ދިރާގުގެ ހިދުމަތުގެ އަގުތައް
ދިރާގު ކަސްޓަމަރުންނަށް ޑިސްކައުންޓްތަކާއި ބޫސްޓަރތަކުން އިތުރު އެލަވަންސް!
މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ފަސޭހަކޮށްދިނުމަށް ނިންމި ނިންމުމެއް
ހޮމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %33 އަދި މަމެން ކަސްޓަމަރުންނަށް %20 އިތުރު އެލަވަންސް

ދިރާގު ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ މިއީ "ނިއު ނޯމަލް" ނުވަތަ އައު ޢާންމު ޚާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ހޯމް ފިކްސްޑް ބްރޯޑްބެންޑް

  • - 33% އިތުރު އެލަވަންސް 21 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.

މޮބައިލް ޕޯސްޓްޕެއިޑް

  • - 30% ޑިސްކައުންޓް 16 ޖޫން އިން 15 ޖުލައި 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ބޫސްޓަރ އަކުން ލިބިގެންދާނެއެވެ.

މަމެން

  • 20% އިތުރު އެލަވަންސް 20 ޖޫން 2020 ގެ ނިޔަލަށް އެކްޓިވޭޓް ކުރައްވާ ހުރިހާ ޑޭޓާ ބަންޑަލް ތައަކުން ލިބިގެންދާނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުންޏަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިގިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެއް ކަމަށެވެ.

ލޮކްޑައުން އިއުލާންކުރުމާއެކު ސަރުކާރުން އެދުނު އެދުމަށް އިޖާބަދީ، ދިރާގުންވެސް ވަނީ އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއްގެ އަގުތަކަށް ބަދަލުތަށް ގެނެސް، އިތުރު ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ.

- ކޮމެންޓް