ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 13:46
މޯލްޑިވިއަންގެ އެއަރބަސް
މޯލްޑިވިއަންގެ އެއަރބަސް
ގޫގުލް
އައިލެންޑް އޭވިއޭޝަން
މޯލްޑިވިއަނުން ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި
 
ކޮލަންބޯ އަކީ ދިވެހިންގެ މެދުގައި މަޤްބޫލު މަންޒިލެއް
 
މި ފްލައިޓްތައް ބާއްވާނީ ހަފްތާއަކު ތިން ދުވަހު
 
ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި

ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަނުން ސްރީ ލަންކާގެ ވެރިރަށް ކޮލަންބޯއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި އެވެ.

 

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ކޮލަންބޯ އެއަރޕޯޓް ރަތުމަލަނާއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ތެރޭގައެވެ.

 

މިދަތުރުތައް ފެށުމަށް ނިންމާ މިކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި ސްރީލަންކާގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ ނިމާލް ސިރިޕަރލާ ޑި ސިލްވާއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.

 

އައިލެންޑް އެވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ މި ފްލައިޓްތައް ބާއްވާނީ ހަފްތާއަކު ތިން ދުވަހު ކަމަށާއި ޑިމާންޑާއި އެއްވަރަށް ބެލުމަށްފަހު ކޮންމެ ދުވަހަކު ފްލައިޓް ބާއްވަން ވިސްނަމުންދާ ކަމަށެވެ.

 

އަލަށް މިތަޢާރަފްކުރެވޭ ފްލައިޓާއި އެކު ދެ ގައުމުގެ ދެމެދުގައި އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ. އެހެން ނަމަވެސް މިދަތުރުގެ ޓިކެޓްގެ އަގުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

 

ކޮލަންބޯ އަކީ ދިވެހިންގެ މެދުގައި ތަފާތު އެކި ބޭނުންތަކަށް ވަރަށް މަޤްބޫލު މަންޒިލް އެކެވެ. އެގޮތުން ބޭސް ފަރުވާއާއި މަތީ ތައުލީމާއި އަދި ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ގިނަ ދިވެހިން ދަތުރުކުރާ މަންޒިލް އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް