ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 13:26
ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ޓީމެއް، ވެރިރަށް ދިއްލީގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުން
ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ޓީމެއް، ވެރިރަށް ދިއްލީގައި ހަލުވިކަމާއެކު ކޮވިޑް-19 ދަނީ ފެތުރެމުން
ރޮއިޓަރސް
ކޮވިޑް-19އާ ގުޅިގެން އިންޑިއާގެ ހާލަތު
ކޮވިޑް-19: އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރު 15،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 4 ލައްކައަށް އަރައިފި
ވޭތުވެދިޔަ 24 ގަޑިއިރު، އިންޑިއާގައި 15،915 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފަވެ
ހާތަނަށް އިންޑިއާގައި 411،727 މީހަކު ކޮވިޑް-19އަށް މިވަނީ ޕޮޒިޓިވްވެ

އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރު ކޮވިޑް-19އަށް 15،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 4 ލައްކައަށް އަރައިފިއެވެ.

އިންޑިއާގައި މި ވައިރަސް ޖެހުނު މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރު، އިންޑިއާގައި 15،915 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފަވެއެވެ. އެހެންކަމުން މިހާތަނަށް އިންޑިއާގައި 411،727 މީހަކު ކޮވިޑް-19އަށް މިވަނީ ޕޮޒިޓިވްވެފައެވެ. ވޭތުވެދިޔަ 24 ގަޑިރަށް ބަލާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވި 307 މީހަކު އިންޑިއާގައި ވަނީ މަރުވެފަ އެވެ. އަދި މިހާތަނަށް 13،277 މީހަކު އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު، 15،000ށްވުރެ، ގިނަ މީހުން އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މިހާތަނަށް އެއްދުވަހެއްގައި މިހާ ގިނަ އަދަދަކަށް އިންޑިއާގައި މީހުން ޕޮޒިޓިވްވި ދުވަހެވެ. ނަމަވެސް މިފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް މި އަދަދުތައް ދިޔައީ އެއްހާހުން ކަހަލަ ގޮތަކަށް އިތުރުވަމުންނެވެ. އެގޮތުން އޭގެ ކުރީ ދުވަހު 14،000ށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒޮޓިވް ވެފައިވެއެވެ.

އިންޑިއާ އަކީ މިވަގުތު ހަތަރު ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިންޑިއާގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ދާން ފެށުމާއެކު ނިއު ދިއްލީގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތްތެރިން މަސައްކަތްތަށް ނެރުމަށް އެގައުމުގެ ސަރުކާރުން ހޮސްޕިޓަލްތަކަށް ވަނީ އަންގާފައެވެ.

ސަރުކާރުން ހޮސްޕިޓަލުތަކަށް ނެރުނު މެމޯގައި ބުނެފައިވަނީ ޗުއްޓީގައި ތިބި މުވައްޒަފުން ހޮސްޕިޓަލަށް މަސައްކަތަށް ނެރުމަށެވެ. އަދި ދެން ޗުއްޓީ ދެވޭނީ ހާލަތު ރަނގަޅުވުމުން ކަމަށް ބުނެފައިވެއެވެ. އިންޑިއާ އިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ އާލާތްތަކަށް ގައުމުތަކުން ވަނީ މީގެކުރިން ވެސް ޖެހިފައެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ އަޔަރލެންޑާއި އިންޑިއާއެވެ.

- ކޮމެންޓް