ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ޗައިނާގެ އިންސްޓިޓިއުޓް އޮފް މެޑިކަލް ބައޮލޮޖީން ކުރިޔަށް ގެންދާ ޓެސްޓްތަކުގެ ދެ ވަނަ ފޭސްގެ ކްލިނިކަލް ޓްރައަލްތައް ފަށާފައިވާ ކަމަށް ޗައިނާގެ ސައިންސް އެންޑް ޓެކްނޮލޮޖީން ރިޕޯޓުން ކޮށްފިއެވެ.
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދާ މަސައްކަތުގެ ތެރެއިން މިއީ ޗައިނީޒް އެކަޑަމީ އޮފް މެޑިކަލް ސައިންސް އިން ކުރިޔަށް ގެންދާ ޓެސްޓުތަކެކެވެ. ދެ ވަނަ ފޭސްގެ ޓްރައަލްގައި އިތުރަށް ބަލާނީ މިވެކްސިން އިން އިންސާނާގެ ދިފާޢީ ނިޒާމަށް އަންނަ ބަދަލުތަކެވެ. އަދި އިންސާނުންނަށް މި ވެކްސިން ބޭނުންކުރުމަކީ ކިހާ ރައްކާތެރިކަމެއްތޯ ބަލާނެއެވެ. މިޓެސްޓްތައް ކުރިޔަށް ގެންދާނީ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމުގައިވާ ޔުނާންގައެވެ.
މިއީ މުޅި ދުނިޔޭގައި ކުރިޔަށްދާ ކްލިނިކަލް ޓްރައަލްތަކުގެ 40 އިންސައްތަ ކަމަށް ޗައިނާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެއެވެ.