ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 03:21
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމާއެކު ދިއްލީގެ ސިއްހީ ދާއިރާގެ ހުރިހާ މަސައްކަތްތެރިން މަސައްކަތަށް
ހޮނިހިރު ދުވަހު އެކަނިވެސް އިންޑިޔާގައި ކޮވިޑް-19 14،516 މީހުންނަށް ވަނީ ޖެހިފަ
އިންޑިޔާއަކީ މިވަގުތު ހަތަރު ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމު

އިންޑިޔާގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް މައްޗަށްދާން ފެށުމާއެކު ނިއު ދިއްލީގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިން މަސައްކަތްތަށް ނެރުމަށް އެގައުމުގެ ސަރުކާރުން ހޮސްޕިޓަލްތަކަށް އަންގައިފި އެވެ.

ޗުއްޓީގައި ތިބި ސިއްހީ މަސައްކަތްތެރިންގެ ޗުއްޓީތައް ކެންސަލްކޮށް ވަގުތުން ޑިޔުޓީއަށް ނިކުތުމަށް ވަނީ އަންގާފަ އެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެގައުމުގައި ކޮވިޑް-19 14،516 މީހުންނަށް ވަނީ ޖެހިފަ އެވެ. އެއާއެކު މިހާރު އިންޑިޔާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 395،047 (ތިން ލައްކަ ނުވަދިހަ ފަސް ހާސް ސާޅީސް ހަތް) އަށް އަރާފަ އެވެ. ވައިރަސް ޖެހިގެން މަރުވެފައިވަނީ 12،948 އެވެ.

އިންޑިޔާއަކީ މިވަގުތު ހަތަރު ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ސަރުކާރުން ހޮސްޕިޓަލްތަކަށް ނެރުނު މެމޯގައި ބުނެފައިވަނީ ޗުއްޓީގައި ތިބި މުވައްޒަފުން ހޮސްޕިޓަލަށް މަސައްކަތަށް ނެރުމަށެވެ. އަދި ދެން ޗުއްޓީދެވޭނީ ހާލަތު ރަނގަޅުވުމުން ކަމަށް ވަނީ ބުނެފަ އެވެ. އިންޑިޔާއިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ތިބި އެގައުމުގެ ރައްޔިތުން އިންޑިޔާއަށް ގެނައުމުގެ މަސައްކަތްތައް އަދިވެސް ކުރަމުންނެވެ.

ވައިރަސް ފެތުރޭ މިންވަރު އިތުރުވެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސިއްހީ އާލާތްތަކަށް ގައުމުތަކުން ވަނީ މީގެކުރިންވެސް ޖެހިފަ އެވެ. އެލިސްޓަށް އެންމެ ފަހުން އިތުރުވެފައިމިވަނީ އަޔަރލެންޑާއި އިންޑިޔާއެވެ.

- ކޮމެންޓް