ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 13:09
ބޭރުތެރޭގައި އުޅޭނަމަ ސިންގަޕޫރުގައި މާސްކު އެޅުން މަޖުބޫރު
ބޭރުތެރޭގައި އުޅޭނަމަ ސިންގަޕޫރުގައި މާސްކު އެޅުން މަޖުބޫރު
އޮބްޒާރވަރ ރީސަރޗް ފައުންޑޭޝަން
ކޮވިޑް-19: ސިންގަޕޫރުގެ ހާލަތު
ސިންގަޕޫރުން 218 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 41،000 ވުރެ މައްޗަށް
ޖުމްލަ 41،833 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައި
އެކްޓިވް ކޭސްތަކުގެ އަދަދަކީ 8348
ބަލި ޖެހިގެން މަރުވެފައިވަނީ 26 މީހުން

ސިންގަޕޫރުން އިތުރު 218 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 41،833ށް އަރައިފިއެވެ.

އެ ގައުމުގެ ސިއްހީ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، މަސައްކަތައް ދިއުމުގެ އުޅުމުގެ ފާސް އޮންނަ 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ބާކީ ހުރިހާ ކޭސްތަކަކީ އޮފީސްތަކަށް ދިއުމުގެ ހުއްދަ އޮންނަ، ބޭރު ގައުމުތަކުގެ މީހުން ދިރިއުޅުމަށް ހާއްސަ ކޮށްފައިވާ ތަންތަނުން ފެނުނު ކޭސްތަކެކެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް އެ ގައުމުގެ ސިއްހީ ވުޒާރާއިން ހޮނިހިރު ދުވަހުގެރޭ ހާމަކުރާނެކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ.

ސިންގަޕޫރުން ޖުމްލަ؛، 41،833 މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާއިރު، 33،459 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މިހާތަނަށް އެ ގައުމުން ބަލި ޖެހިގެން މަރުވެފައިވަނީ 26 މީހުންނެވެ. އެ ގައުމުން 8348 މީހަކަށް ފަރުވާ ދެމުން އަންނައިރު، ސީރިއަސް ނުވަތަ ކްރިޓިކަލް ހާލަތުގައި 2 މީހަކު ވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

- ކޮމެންޓް