ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 06:58
އިންޑިއާއަދި ޕާކިސްތާނުގެ ގައުމީ ދިދަ: ޕާކިސްތާނުން ވަނީ ވަނީ އިންޑިއާ ފިޔަވާ މަޖިލީހަށް ހޮވުނު އެހެން ގައުމުތަކަށް މަރުހަބާ ކިޔާފަ
ރޮއިޓަރސް
ޕާކިސްތާނުން އިންޑިޔާއަށް މަރުހަބާކިޔަން ދެކޮޅު
އދ ގެ ސަލާމަތީ މަޖިލީހަށް އިންޑިޔާ ހޮވުމުން މަރުހަބާ ކިޔަން ޕާކިސްތާނުން އުޒުރުވެރިވެއްޖެ
ކައުންސިލްގެ އެހެން ގައުމުތަކާއި ގުޅިގެން ޕާކިސްތާނުން މަަސައްކަތް ކުރަމުންގެންދާނެ: އައިޝާ
ސަލާމަތީ މަޖިލީހަށް އިންޑިއާ އިންތިޚާބުވެފައިވަނީ 192 ވޯޓުން 184 ވޯޓު ކާމިޔާބުކޮށްގެން

އދ ގެ ސަލާމަތީ މަޖިލީހަށް އިންޑިޔާ ހޮވުމުން މަރުހަބާ ކިޔަން ޕާކިސްތާނުން އުޒުރުވެރިވެއްޖެއެވެ.

ދެ އަހަރު ދުވަހަށް ސަލާމަތީ މަޖިލީހަށް އިންޑިއާ އިންތިޚާބުވެފައިވަނީ 192 ވޯޓުގެ ތެރެއިން 184 ވޯޓު ކާމިޔާބުކޮށްގެންނެވެ. ޕާކިސްތާނުގެ ފޮރިން އޮފީހުގެ ތަރުޖަމާން އައިޝާ ފާރޫގީ ވަނީ އިންޑިއާ ފިޔަވާ މަޖިލީހަށް ހޮވުނު އެހެން ގައުމުތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ސެކިއުރިޓީ ކައުންސިލަށް ހޮވުނު އަޔަރލެން، ނޯރވޭ، މެކްސިކޯއަށް މަރުހަބާ ވިދާޅުވަމުން އޭނާ ވިދާޅުވީ އިންޑިއާއަށް އެ ގޮނޑި ކާމިޔާބު ކުރެވުމުން ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ. ސެކިއުރިޓީ ކައުންސިލްގެ ޒިންމާއަކީ ބައިނަލްއަގްވާމީ ސުލްހައާއި ރައްކާތެރިކަން ދެމެހެއްޓުން ކަމަށްވާއިރު އިންޑިއާގެ ބައެއް ސިޔާސަތުތަކާއި ކައުންސިލްގެ މެންޑޭޓާއި ފުށުންއެރުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖައްމޫ އަދި ކަޝްމީރުގައި ދިރިއުޅޭ ފަރާތްތަކުގެ އަމިއްލަ މިނިވަންކަން ކަނޑައެޅުމާއި ގުޅޭގޮތުން އދ ގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބު ބޭއްވުމާއި މެދު އދ ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާ ވަރަށް ގިނަ ނިންމުންތަކަށް އިންޑިއާއިން ދެކޮޅުވެފައިވާ ކަމަށެވެ. އައިޝާ ވިދާޅުވީ ކައުންސިލްގެ އެހެން ގައުމުތަކާއި ގުޅިގެން ޕާކިސްތާނުން މަަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.

- ކޮމެންޓް