ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 07:03
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ މަސައްކަތް ކުރިޔަށްދަނީ
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ މަސައްކަތް ކުރިޔަށްދަނީ
ޕްލެޓަފޯރމާ
ކޮވިޑް-19، ބްރެޒިލް
ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1 މިލިއަނަށް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1,009,699 އަކަށް އަރާފަ
ބްރެޒިލް އިން ކޮވިޑް-19 ގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު

ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ.

'ވަރލްޑްއޯމީޓަރޒް' ވެބްސައިޓުން ދައްކާގޮތުން ނަމަ، ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1,009,699 އަކަށް އަރާފައެވެ. މި ވައިރަސް ޖެހިގެން އެގައުމުގައި 48,427 މީހުން މަރުވެފައިވާއިރު 520,360 މީހުންވަނީ މި ބަލިން ފަސޭހަވެފައެވެ. މިވަގުތު ބްރެޒިލްގައި ކޮވިޑް-19 ށް ފަރުވާ ހޯދަމުންދަނީ 440,912 މީހުންނެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ހުއްޓުމެއްނެތި ވައިރަސް ފެތުރެމުންދާއިރު އެގައުމުގައި ޓެސްޓުކުރެވެމުންދާ އަދަދާއި ގުޅިގެން ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، ގައުމުގެ ގިނަ ސަރަހައްދުތަކުގައި ޓެސްޓު ނުކުރެވޭތީ ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. ރަނގަޅަށް ޓެސްޓުކުރެވޭނަމަ ފަސް ގުނަ އިތުރު ކޭސްތަކެއް ފެންމަތިވާނެ ކަމަށް ސައޮ ޕޯލޯ ސްޓޭޓް ޔުނިވަރސިޓީގެ މެޑިކަލް ޕްރޮފެސަރއެއް ކަމަށްވާ އެލެކްސޭންޑްރާ ނައިމް ބާރބޯސާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް އެގައުމުން 10 މިލިއަން މީހުންނަށް ބަލި ޖެހިފައިވުމަކީ އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރެޒިލްގެ ހާލަތު ގޯސްވަމުންދާއިރު، ކޮވިޑް-19އާ ގުޅިގެން އެގައުމުގެ ރައީސް ހައީރް ބޮލްސޮންޔާރޯގެ ނިންމެވުންތަކަށް ގިނަ ބައެއްގެ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ބޮލްސޮންޔާރޯ ގެންދަވަނީ އިޖުތިމާއީ ގައިދުރުކަން ފަދަ ފިޔަވަޅުތަކަށް ފާޅުގައި ނޫނެކޭ ވިދާޅުވަމުންނެވެ. އޭނާ ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންދިއުމަކީ ވައިރަހަށް ވުރެ ނުރައްކާތެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ލޮކްޑައުންއާއި ދެކޮޅަށް އެގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ބޮލްސޮންޔާރޯ ވަނީ އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. ބޮލްސޮންޔާރޯއަށް ތާއީދުނުކުރާ ފަރާތްތަކުންވެސް ވަނީ ގައިދުރުކަން ބަހައްޓައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ހަރަކާތްތަކެއް ބާއްވާފައެވެ.

- ކޮމެންޓް