ކ. މާލެ
|
19 ޖޫން 2020 | ހުކުރު 18:38
އިޓަލީގައި މީހުން މާސްކު އަޅައިގެން
އިޓަލީގައި މީހުން މާސްކު އަޅައިގެން
އެންޑީޓީވީ
ކޮވިޑް-19 އިޓަލީގެ ހާލަތު
އިޓަލީގައި މިދިޔަ އަހަރު ޑިސެމްބަރ މަހު ކޮވިޑު އުޅުނުކަމަށް ދިރާސާއަކުން ހާމަވެއްޖެ
އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމު
ރިސަރޗް ކުރި މީހުންނަށް ވަނީ މިލާން އަދި ތޫރިން އިން ނެގި ވޭސްޓް ވޯޓަރ ސާމްޕަލް އަކުން ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެނިފަ
ހަދަމުންދާ ދިރާސާތަކުން އަންނަނީ ވޭސްޓް ވޯޓަރ އާއި ސިވޭޖް އިން ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެންނަމުން

ކޮރޯނާވައިރަސް އިޓަލީން ފެބްރުއަރީ މަހު ފެނުމުގެ ކުރިން ޑިސެމްބަރ މަހުގެ ތެރޭގައި އެގައުމުގެ ދެ ސިޓީއެއްގައި ވައިރަސް އުޅުނުކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު އިންސްޓިއުޓް ސްޓަޑީ އޮފް ވޭސްޓް ވޯޓަރއިން ހެދި ރިސަރޗަކުން ހާމަވެއްޖެއެވެ.

އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިލާން އަދި ރިސަރޗް ކުރި މީހުންނަށް ވަނީ މިލާން އަދި ތޫރިން އިން ނެގި ވޭސްޓް ވޯޓަރ ސާމްޕަލަކުން ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެނިފައެވެ. އަދި ބޮލޯންޏާއިން ޖެނުއަރީ މަހު ވަނީ ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެނިފައެވެ.

އިޓަލީން އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވަނީ ފެބްރުއަރީ މަހުގެ މެދު ތެރޭގައެވެ. އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުވެސްމެއެވެ. އަދި ޔޫރަޕްގެ ގިނަ ގައުމުތަކާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަށް ވައިރަސް ފެތުރިގެން ގޮސްފައިވަނީވެސް އިޓަލީންނެވެ. އިޓަލީއަށް ވައިރަސް އެތެރެވެފައިވަނީ އެގައުމަށް ދިޔަ ޗައިނާގެ ޓޫރިސްޓުންގެ ފަރާތުންނެވެ. އެއީ ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުންދިޔަ ލޮމްބާޑީންނެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެސަރަހައްދަކީ ވައިރަސް ހަލުވިމިނުގައި ފެތުރެމުންދާ ރެޑް ޒޯންގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ލޮމްބާޑީއާއި އިތުރު 9 އަވަށެއް މަރޗް މަހުގެ ކުރީކޮޅުން ފެށިގެން ލޮކްޑައުން ކުރިއެވެ. އިޓަލީން ވަނީ ވައިރަސް ޖެހިގެން 34،500ށް ވުރެ ގިނަ މީހުން މަރުވެފައެވެ.

ކުރީބައިގައި އިންޒާރުދިން

އައިއެސްއެސް ފެނުގެ ކޮލިޓީގެ އެކްސްޕަރޓް ޖުޔެސިއްޕީނާ ލަ ރޯޒާ އާއި އޭނާގެ ޓީމުން ބުނެފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް 40 ވޭސްޓް ވޯޓަރ ސާމްޕަލް ޓެސްޓް ކޮށްފައިވާކަމަށެވެ.

ނަތީޖާ އައިސްފައިވަނީ ދެ ލެބޯޓްރީ އެއްގައި ދެ ގޮތަކަށް ކުރިޔަށްދިޔަ ޓެސްޓްތަކަކުން ކަމަށާއި މިނަތީޖާ ތަކުން ދައްކާގޮތުގައި މިލާން އަދި ޓޫރިންއިން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު ނެގި ސާމްޕަލް އާއި ބޮލޯންޏާއިން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ނެގި ސާމްޕަލުން ކޮވިޑް-19 ވައިރަސްގެ އަސަރު ފެނިފައިވާކަމަށެވެ. އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވާ ކަމަށާއި އޭރު އަދި ވައިރަސް ނާންނަކަމަށް ލަ ރޯޒާ ވިދާޅުވިއެވެ.

އިންސްޓިޓިއުޓުން ބުނާގޮތުގައި މި ޑޭޓާއަށް ފްރާންސްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނާ ވާހަކަތަކާ ދިމާވާކަމަށެވެ. ފްރާންސްއަށް ވައިރަސް އައުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ނިމެންދަނިކޮށް ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް ފަރުވާ ދީފައިވާކަމަށް ޑޮކްޓަރަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދިރާސާ ސްޕެއިންގައި ހަދާފައިވާ ދިރާސާއަކާވެސް ދިމާވެއެވެ. ސްޕެއިންގެ ބާސެލޯނާގައި ޖެނުއަރީ މަހުގެ މެދު ތެރޭގައި ނެގި ވޭސްޓް ވޯޓަރ ސާމްޕަލްތަކަކުންވެސް ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެނިފައިވާކަން ވަނީ ހާމަވެފަ އެވެ. އެއީ ސްޕެއިންއިން ވައިރަސް ފެނުނުކަން ހާމަކުރުމުގެ 40 ދުވަސް ކުރިއެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަދަމުންދާ ދިރާސާތަކުން އަންނަނީ ވޭސްޓް ވޯޓަރ އާއި ސިވޭޖް އިން ވައިރަސްގެ ޖެނެޓިކް ޓްރޭސިންގ ފެންނަމުންނެވެ.

އައިއެސްއެސް އިން ބުނެފައިވަނީ އިޓަލީގެ ހެލްތު މިނިސްޓްރީ އާއި މިކަމާއި ގުޅޭގޮތުން ވައިރަސް ފެތުރުނުތާ ކުރީކޮޅު ވާހަކަދެއްކިކަމަށެވެ. އެގޮތުން ގަވާއިދުން ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމަށް އެދުނު ކަމަށް އިންސްޓިޓިއުޓުން ބުނެއެވެ.

މި ދިރާސާތަކާއެކު ޕައިލޮޓް ޕްރެޖެކްޓެއް ލޯންޗްކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޓޫރިސްޓުން ގިނައިން އަންނަ ތަންތަން ފާހަގަކުރުމަށްފަހު ޖުލައި މަހު ކުރިޔަށް ގެންދާނެ ކަަމަށާއި އަދި އޯޓަމް އަންނަންވާއިރަށް މުޅި އިޓަލީގައި މި ޕްރޮޖެކްޓް ކުރިޔަށް ގެންދާނެކަމަށް އިންސްޓިޓިއުޓުން ބުނެއެވެ.

- ކޮމެންޓް