ކ. މާލެ
|
19 ޖޫން 2020 | ހުކުރު 15:49
ބެއިޖިންގ ގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން
ބެއިޖިންގ ގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ބެއިޖިންގ އިން ބުރާސްފަތި ދުވަހު 25 މީހުން ވައިރަސް އަށް ޕޮޒިޓިވްވި
ބެއިޖިންގ ގައި ވައިރަސް ފެތުރެމުންދާތީ އެސިޓީގައި ވަނީ ފިޔަވަޅުތައް އަޅަން ފަށާފައި
ސްކޫލްތަކާއި ޔުނިވަރސިޓީތައް ވަނީ ބަންދުކޮށްފައި
ބެއިޖިންގ ގެ އެއަރޕޯޓްތައް ވަނީ ބަންދުކޮށްފައި

ޗައިނާގެ ވެރިރަށް ބެއިޖިންގ ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާއިރު ބުރާސްފަތި ދުވަހު، 25 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުން މުޅި ޗައިނާއިން ކޮވިޑް-19 އަށް 32 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ބުދަ ދުވަހު ބެއިޖިންގ އިން 21 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. ބެއިޖިންގ ތެރޭގައި ވައިރަސް ފެތުރެމުންދާތީ ބެއިޖިންގ ތެރޭގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް ދިޔުން މީހުންނަށް މަނާކޮށްފައިވާއިރު ބެއިޖިންގ ގެޔުނިވަރސިޓީ ކޮލެޖް އަދި ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ބެއިޖިންގެ އެއާޕޯޓްތައް ބަންދުކޮށް އެސިޓީން ބޭރަށް ދަތުރުކުރުން ވަނީ މަނާ ކޮށްފައެވެ. އެއާޕޯޓްތައް ބަންދުކުރުމާ ގުޅިގެން ބުދަ ދުވަހުގެ ނިޔަލަށް 1255 އަށް ވުރެ ގިނަ ފްލައިޓްތައް ކެންސަލް ކޮށްފައިވެއެވެ. އަދި ގްރޫޕް ކުޅިވަރުތައް ބޭއްވުން މަނާކޮށް ގިނަ މީހުން އުޅޭ ތަންތަނުގައި މާސްކް އެޅުން ވަނީ މަޖްބޫރުކޮށްފައެވެ.

ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ކޮވިޑް-19 ފެތުރެން ފެށުމާއެކު މިހާރު ބެއިޖިންގެ 11 މާރުކޭޓެއް ވެސް ބަންދުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ބެއިޖިންގެ މީހުން ދިރިއުޅެމުންދާ 30 ސަރަހައްދެއް ލޮކްޑައުން ކޮށްފައިވާއިރު، ޗައިނާގެ އެހެން ޕްރޮވިންސަތަކަށް ބެއިޖިންގއިން ދާ މީހުން ކަރަންޓީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

- ކޮމެންޓް