ކ. މާލެ
|
16 ޖޫން 2020 | އަންގާރަ 23:02
އޭޕްރީލް އެކަކުން ސެޕްޓެމްބަރު 30 ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ
އޭޕްރީލް އެކަކުން ސެޕްޓެމްބަރު 30 ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ
ޔޫސުފް ސޮފްވާން ރަޝީދު
ދިވެހި ރުފިޔާއިން ޓީޖީއެސްޓީ ދެއްކުން
ދިވެހި ރުފިޔާއިން ޓީޖީއެސްޓީ ދެއްކޭނެ އިންތިޒާމް ހަމަޖެހިއްޖެ
ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާ އަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް އިލްތިމާސްކުރެ
އެހެން ނިންމާފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން
މިނިސްޓްރީން އެހެން ނިންމީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން

ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތަށް ހަމަޖައްސާފައިވާ ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އަންގާރަ ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން އެ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ މުދަލާއި ހިދުމަތުގެ އަގުންނަގާ ޓެކްސް (ޖީއެސްޓީ) ދެއްކުމުގައި ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އޭޕްރީލް އެކަކުން ސެޕްޓެމްބަރު 30 ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ ކަމުގައި ކަނޑައަޅާފައިވާ ކަަމަށެވެ.

އެގޮތަށް ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ، މީގެ ފަހުން މި ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް ފިނޭންސް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް