ދިރާގުގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުން އެ ކުންފުނީގެ މައިއެކައުންޓް ޕްލެޓްފޯމް ބޭނުންކުރުމަށް އެދިއްޖެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން، މި ދުވަސްވަރަކީ ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމުގައި ވުމުން ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތްތައް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ޚިދުމަތެއްކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައިކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓް ޚިދުމަތުން ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.
ދިރާގު މައި އެކައުންޓް ޚިދުމަތް ބޭނުން ކުރުމަށް ދިރާގު ވެބްސައިޓަށް ޒިޔާރަތްކޮށް، ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިއްލާތުމަށްފަހު ރިޖިސްޓަރކުރެވޭނެކަމަށް އެ ކުންފުނިން ބުންެވެ. ރެޖިސްޓަރ ކުރުމަށްފަހު، އެކައުންޓަށް ލޮގިން ވެލާފައި މައި އެކައުންޓްގެ ޚިދުމަތްތަށް ބޭނުން ކުރެވޭނެއެވެ.
ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކުރެވޭނެ ކަންތައްތައް:
- ބިލް ދައްކާލުން
 - މޮބައިލް އަދި ފިކްސްޑް ބްރޯޑްބެނޭޑް ޔޫސޭޖް ބަލާލުން
 - ޚިދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށައެޅުން
 - ޕްރީޕެއިޑް ރިޗާރޖް
 - ބިލުގެ ޖުމްލަ އައިސްފައިވާ ގޮތުގެ ތަފްސީލު
 - ދިރާގު ޕޭ ކޭޝް އިން