ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 23:30
މަޒްޑާ ކެފޭ: އެޗްޕީއޭގެ އެންގުމާއި ހިލާފުވެފައިވާތީ ކެފޭ ވަނީ ޖޫރިމަނާ ކޮށްފައި
މަޒްޑާ ކެފޭ: އެޗްޕީއޭގެ އެންގުމާއި ހިލާފުވެފައިވާތީ ކެފޭ ވަނީ ޖޫރިމަނާ ކޮށްފައި
ފޭސްބުކް
މަޒްޑާ ކެފޭ ޖޫރިމަނާ ކުރުން
އެޗްޕީއޭ ގެ އެންގުމާ ޙިލާފަށް ހިދުމަތް ދިނުމުން މަޒްޑާ ކެފޭ ޖޫރިމަނާކޮށްފި
ހަތަރު މީހަކުވެސް ވަނީ ޖޫރިމަނާ ކުރެވިފައި
ވިޔަފާރިތަކަށް ހާއްސަ ހުއްދައެއް ދަނީ ދޫކުރަމުން
ބޭރުގައި ނިކުމެ އުޅޭ މީހުން ފުލުހުންދަނީ ޖޫރިމަނާ ކުރަމުން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާއި ހިލާފަށް ހިދުމަތް ދީފައިވާތީ މަޖީދީ މަގު ލަކްޒަރީ ކައިރީގައި ހުންނަ މަޒްޑާ ކެފޭ ޖޫރިމަނާ ކޮށްފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މަޒްޑާ ކެފޭގައި ހިދުމަތްދޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބެލިއިރު، ނަގަން ޖެހޭ ހުއްދަތައް ނުނަގައި ތިބި ހަތަރު މީހަކު އެތަނުގައި ތިބި ކަމަށެވެ. އެ ހަތަރު މީހުން ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެޗްޕީއޭގެ އިއުލާނާއި ހިލާފަށް ހިދުމަތް ދީފައިވާތީ މަޒްޑާ ކެފޭވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ ފުރަބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި ހޮޓާ އަދި ރެސްޓޯރަންޓު ތެރޭގައި ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. އެ ވިޔަފާރިތަކަށް ހަމައެކަނި ހުއްދަ ދޫކޮށްފައިވަނީ ޑެލިވަރީ ކުރުމަށެވެ. އެކަމަކު އެއީވެސް އެކަމަށް ހާއްސަކޮށްފައިވާ ހުއްދަތަކަކާއި އެކު އެވެ.

ފުރަބަންދަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ އެއްވަނަ ފިޔަވަހީގެ ދެވަނަ ހަފުތާގައި ޓޭކް އަވޭ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، ޓޭކް އަވޭ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން ހުއްދަ ދޫކުރާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

- ކޮމެންޓް