ކ. މާލެ
|
1 ޖޫން 2020 | ހޯމަ 16:32
ކޮވިޑް-19 ޖެހިގެން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި؛ ނިޔާވި ބަންގުލަދޭޝް މީހާ އަށް ފަރުވާ ދެމުން ދިޔައީ މި ހޮސްޕިޓަލުގައި
ކޮވިޑް-19 ޖެހިގެން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި؛ ނިޔާވި ބަންގުލަދޭޝް މީހާ އަށް ފަރުވާ ދެމުން ދިޔައީ މި ހޮސްޕިޓަލުގައި
ރާއްޖެއެމްވީ
ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެ
ކޮވިޑް-19 ޖެހުނު އިތުރު މީހަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ 54 އަހަރުގެ ބަންގުލަދޭޝް މީހެއް
މިއީ ރާއްޖޭގައި މި ބަލިޖެހިގެން މަރުވި 6 ވަނަ މީހާ
ނިޔާވި މީހުންގެ ތެރޭގައި 3 ބަންގުލަދޭޝް މީހުންނާއި 3 ދިވެހިން ހިމެނޭ

ކޮވިޑް-19 ޖެހުނު އިތުރު މީހަރު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ ބަންގުލަދޭޝް ރައްޔިތެއް ކަމަށެވެ. މިއީ، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 6 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ބަންގުލަދޭޝްގެ 3 މީހަކު މިވަނީ ނިޔާވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު ބަންގުލަދޭޝް މީހުންގެ ޢަދަދަކީ 974 އެވެ. މިއީ ބަލި ޖެހުނު މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެކެވެ.

- ކޮމެންޓް