ކ. މާލެ
|
31 މެއި 2020 | އާދީއްތަ 19:11
މާފަންނުގައި ހުންނަ މިފްކޯގެ މަސްފިހާރަ، ވިޔަފާރި ކުރުމަށް ހުއްދަ ހޯދައިގެން އައުމަށް އިލްތިމާސްކޮށްފައިވޭ
މާފަންނުގައި ހުންނަ މިފްކޯގެ މަސްފިހާރަ، ވިޔަފާރި ކުރުމަށް ހުއްދަ ހޯދައިގެން އައުމަށް އިލްތިމާސްކޮށްފައިވޭ
ރާއްޖެއެމްވީ
މިފްކޯ މަސްފިހާރަ ހުޅުވުން
މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް ޚިދުމަތް ފަށައިފި
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ޚިދުމަތްދޭނެ
މިފްކޯގެ މާފަންނު، ގަލޮޅު، އަދި ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނެ
ވިޔަފާރި ކުރުމަށް އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައި

މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް ޚިދުމަތް ފަށައިފިއެވެ.

މިފްކޯއިން ބުނީ މިފްކޯ މަސްފިހާރަ ދެން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ން މެންދުރުފަހު 15:00 ށް އަދި ހަވީރު 16:00 އިން ރޭގަނޑު 21:00 އަށްކަމަށެވެ.

ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ޚިދުމަތްދޭއިރު، މިފްކޯގެ މާފަންނު، ގަލޮޅު، އަދި ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯ މަސް ފިހާރައިން ވިޔަފާރި ކުރެވޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނަށެވެ. ޚިދުމަތް ހޯދަން އަންނައިރު މާސްކް އަޅާގެން އައުމަށް ވަނީ އިލްތިމާސްކޮށްފައިވާއިރު، ސޯޝަލް ޑިސްޓެންސްއަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް