ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 02:02
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
ޓެނިސް ޗެމްޕިއަންޝިޕް
އައިލެންޑް އޭވިއަޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި
މުބާރާތުގައި 68 ފިރިހެން ކުޅުންތެރިންނާއި 68 އަންހެން ކުޅުންތެރިން ވާދަކުރޭ
މެއިން ސްޕޮންސަރަކަށް އައިލެންޑް އޭވިއޭޝަން ހަމަޖެހުމަކީ ފުރިހަމަ ކަމެއް

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އައިލެންޑް އޭވިއޭޝަން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި އެވެ.

މެރީ ބްރައުން ޓެނިސް ކޯޓުގައި ކުރިއަށްގެންދާ މި މުބާރާތް ރަސްމީކޮށް ފެށުމުގެ ކުރިން ޓެނިސް އެސޯސިއޭޝަނާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު ވަނީ މުބާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެގޮތުން މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަހުމަދު ޝަފީއު އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޓެނިސް އެސޯސިއޭޝަންގެ ރައީސް ނަޒީރު ވިދާޅުވީ މިފަދަ ބޮޑު މުބާރާތެއްގެ މެއިން ސްޕޮންސަރަކަށް އައިލެންޑް އޭވިއޭޝަން ހަމަޖެހިގެން ދިއުމަކީ މުބާރާތަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއް ކަމަށާއި އެގޮތުން އެފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުން ފެށި މި މުބާރާތުގައި 136 ކުޅުންތެރިން ވާދަކުރާނެ އެވެ. އެކި އުމުރުފުރާތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި 68 ފިރިހެން ކުޅުންތެރިންނާއި 68 އަންހެން ކުޅުންތެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް