ކޮވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި ކޯޓުތައް ހުޅުވަން ހުއްދަ ދީފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ޢާއްމުކޮށް ފެތުރިގެން ހިނގައިދާނެކަމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢުލާނު ކުރެވުނު ލޮކްޑައުންއަށް މިހާރު ލުއެއް ދީފައިވާތީ އާއި، އަދިވެސް ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުން މަނާކުރެވިފައި އޮތުމުން، މިބަލި މިހާރު ނެތް ރަށްރަށުގައި މިބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ހަނިކަމަށް ފެންނާތީ، އާދީއްތަ ދުވަހުން ފެށިގެން، ޢާއްމު އުޞޫލުން ޚިދުމަތް ދިނުމަށްޓަކައި ހެނދުނު 8:00ން މެންދުރުފަހު 2:00ށް ކޮވިޑް-19 ފެތުރިފައި ނެތް ރަށްރަށުގެ ކޯޓުތައް ހުޅުވައި ޚިދުމަތް ދެމުން ގެންދެވުމަށެވެ.
ޚިދުމަތް ދިން ނަމަވެސް، މިބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި، އަދި އޯޑިއޯ ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތްތަކާއި ކައިވެނި ކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށާއި، ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރާނަމަ، ކޯޓުގެ އެތެރޭގެ ތޮށްޖެހުން ކުޑަވާނޭ ގޮތަށް ޢަމަލު ކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ކޯޓުތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ނިންމިކަން ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ހަތަރު ގަޑި އިރަށް ސަރުކާރުގެ އޮފީސްތައް ހުޅުވަން ހުއްދަ ދީފައި ވެއެވެ.