ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 19:29
ބީއެމްއެލް - ކާޑު ދޫކުރުމަށް ހުޅުވާފައިވާ ކަސްޓަމަރ ސަރވިސް ސެންޓަރު
ބީއެމްއެލް - ކާޑު ދޫކުރުމަށް ހުޅުވާފައިވާ ކަސްޓަމަރ ސަރވިސް ސެންޓަރު
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލުން ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުން
ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ބޭންކުން ކާޑު ގެންގޮސްދޭނެ: ބީއެމްއެލް
މިނިންމުން ނިންމީ ބަލީގެ ނުރައްކާތެރި ކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށް
ބީއެމްއެލުން ވަނީ ކާޑު ނެގުމަށް އެސްއެމްއެސް ކުރުމަށް އެދިފައި
ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެގޮތުން އުމުރުން ދުވަސްވީ މީހުންނާއި، ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ވަނީ ކާޑު ނެގުމަށް އެސްއެމްއެސް ކުރުމަށް އެދިފައެވެ. އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ހުސްތަން ކޮޅެއް ދޫކުރުމަށްފަހު ''Card Delivery'' ޖެހުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ.

މިގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައިއެވެ.

ބީއެމްއެލް އިން އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ހަވާލުކުރުމުގެ މަސައްކަތްކުރާނެ ކަމަށް އެބޭންކުން ހާމަކޮށްފައިވާއިރު، މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އަންނަ މަހު އެއް ވަނަ ދުވަހުން މާލޭގެ ކަސްޓަމާ ސާވިސަސް ސެންޓަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް