އެމެރިކާ އާއި ޗައިނާ އާ ދެމެދު އޮތް ގުޅުމަށް އަނެއްކާވެސް ހީނަރުކަން އަންނަން ފެށުމާއެކު ތެލުގެ އަގު ދަށަށްދާން ފަށައިފި އެވެ.
ހޮންގ ކޮންގ ގައި ސެކިޔުރިޓީ ލޯވ ތަންފީޒު ކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް އަނެއްކާވެސް ވަނީ ހީނަރުކަން އަންނަން ފަށާފަ އެވެ.
ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ގައުމުތަކުގައި ލުއި ތައް ދެމުން ގެންދިޔުމާއި ގުޅިގެން ތެލަށް އޮތް ޑިމާންޑް ފާއިތުވި ހަފުތާތަކުގައި ވަނީ މައްޗަށް ޖެހިފަ އެވެ. އެއާއެކު ތެލުގެ އަގުތައް ވަނީ މައްޗަށް އަރަން ފަށާފަ އެވެ. އެހެންނަމަވެސް ޗައިނާ އާއި އެމެރިކާ ގެ ގުޅުމުގެ ސަބަބުން އަނެއްކާ ވެސް މިވަނީ ތެލުގެ އަގުތައް ދަށަށްދާން ފަށާފަ އެވެ.
އެގޮތުން ބްރެންޓް ތެޔޮ ފީފާ އެއްގެ އަގު 19 ސެންޓަށް ދަށަށް ގޮސްފައި ވާއިރު އެމެރިކާގެ ތެޔޮ ވަނީ ހަ ސެންޓް ދަށަށް ގޮސްފަ އެވެ. މި ދެ ބާވަތުގެ ތެލިގެ އަގުވެސް ފާއިތުވި ހަތަރު ހަފުތާގައި ވަނީ މައްޗަށް ގޮސްފަ އެވެ. ތެލުގެ އަގުތައް މިއަހަރު ވަނީ 45 އިންސައްތަ ދަށަށްގޮސްފަ އެވެ.
ވޮޝިންގޓަން އާއި ބެއިޖިން އާ އޮތް ގުޅުން ވަނީ ވައިރަސް އާއކު ހީނަރުވާން ފަށާފަ އެވެ. ވައިރަސް އާއި ގުޅިގެން ދެ ގައުމުން އަންނަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންނެވެ.
މީގެތެރެއަށް ފަހުން ވަދެފައިވަނީ ހޮންގ ކޮންގ މައްސަލަ އާއި ތައިވާންގެ މައްސަލަ އެވެ.