ކ. މާލެ
|
24 މެއި 2020 | އާދީއްތަ 23:43
ކޮވިޑަށް ޓެސްޓް ކުރުމުގެ މަރުހަލާގެ ތެރެއިން
ކޮވިޑަށް ޓެސްޓް ކުރުމުގެ މަރުހަލާގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 : ރާއްޖޭގެ ހާލަތު
ރާއްޖެއިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ!
ޖުމްލަ 1371 މީހަކު ވަނީ ޕޮޒިޓިވް ވެފައި
ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން
މިފަހުން ކޭސްތައް ފެންނަ އަދަދުތައް މަދު

ރާއްޖެ އިން އިތުރު 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރާއްޖެ އިން އެންމެ ފަހުން ފެނުނު ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެންމެ ފަހުން ޕޮޒިޓިވްވީ އަދަދުތަކުގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 13 ބަންގްލަދޭޝް ރައްޔިތުން، 14 އިންޑިއާ ރައްޔިތުން އަދި ނޭޕާލުގެ 6 މީހަކެވެ.

ޓެގް ޓީމުން ރާއްޖެ އިން ކޭސް ފެންނަން އެކަށީގެންވާ އަދަދެއްގެ ގޮތުގައި ނުވަތަ ބޭސް ލައިނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުވާލެއްގެ 30-50 ދެމެދުގެ އަދަދެކެވެ. އަދި މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދަށް އަދަދެއް ކަމަށް ސިއްހީ މާހިރުން ވަނީ ހާމަކޮށްފަ އެވެ.

ކޭސްތަކުގެ އަދަދު އިތުރުވާނަމަ މިހާރު ދޭން ނިންމާފައިވާ ލުއިތައް މާލޭ ސަރަހައްދުން ފެނުމަކީ ނާދިރު ކަމެކެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ލުއެއް ދޭނީ މާލޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައެޅުމުން ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

- ކޮމެންޓް
25 މެއި 2020 | ހޯމަ 01:22
ޔާނު
އެހެންވީމަ ހުޅުވާލަންވީ ދޯ. އަޖައިބެއް