ކ. މާލެ
|
24 މެއި 2020 | އާދީއްތަ 16:37
އީދަށް ޚާއްސް އޮފަރއެއް ތައާރަފް ކުރިއިރު ރޯދައަށް ވެސް ގިނަ އޮފަރތަކެއް އުރީދޫއިން ތައާރަފް ކޮށްފައިވޭ
އީދަށް ޚާއްސް އޮފަރއެއް ތައާރަފް ކުރިއިރު ރޯދައަށް ވެސް ގިނަ އޮފަރތަކެއް އުރީދޫއިން ތައާރަފް ކޮށްފައިވޭ
އުރީދޫ
އީދާ ގުޅިގެން އުރީދޫއިން ޚާއްސަ އޮފަރއެއް
ފިތުރު އީދާ ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ އޮފަރ އެއް!
3 ޖީބީ ޑޭޓާ އެންމެ 75ރ އަށް ލިބޭނެ
މިޑޭޓާ ލިބެނީ މަގޭ ޕްލޭން މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް
މަގުސަދަކީ ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުން

އުރީދޫ މޯލްޑިވްސްއިން ފިތުރު އީދު މުނާސަބަތާ ގުޅުވައިގެން ޚާއްސަ 'އޮފަރ' އެއް ތައާރަފު ކޮށްފި އެވެ.

ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި އުރީދޫން ބުނީ އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާކޮށްލުމަށްޓަކައި، ޚާއްސަ 'އޮފަރ' އެއް އާދިއްތަ ދުވަހު އެ ކުންފުނިން ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި މި އޮފަރގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 'މަގޭ ޕްލޭން' މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް 3 ޖީބީ ޑޭޓާ އެންމެ 75ރ އަށް ލިބޭނެ ކަމަށެވެ.

މި އޮފަރ ތައާރަފު ކުރީ ގޭގައި ތިބެގެން، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫއިން ބުނެއެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮށްލުމަށް:

  • އުރީދޫ އެޕް އަށް ލޮގް އިން ކޮށްލައްވާ:http://ore.do/app
  • އެޕްގެ ސެލްފް ކެއަރ ސެކްޝަނުން 'ރިކޮމެންޑެޑް ޕެކޭޖަސް' އިޚްތިޔާރު ކުރައްވާ،
  • ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް 'ފޯރ މައިސެލްފް ޓެބް' އިޚްތިޔާރު ކުރައްވާ, ނުވަތަ ރައްޓެއްސަކަށް މި'ޕެކް' ހަދިޔާ ކުރެއްވުމަށް 'ގިފްޓް އަ ފްރެންޑް ޓެބް ޚިޔާރު ކުރައްވާ،
  • އީދު އެކްސްކްލޫސިވް ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ 'ކޮންފާމް ބަޓަނަށް' ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފަރ 26 މޭ 2020 ގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެ އެވެ.

އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޢީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.
އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު

އީދު އޮފަރ ގެ އިތުރުން، ރަމަޟާން މަހަށް ޚާއްސަކޮށްގެން ތައާރަފުކުރި ބައެއް އޮފަރތަކުގެ ތެރެއިން %50 އެކްސްޓްރާ ޑޭޓާ އޮފަރ އަދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަރޯދަ ތެރޭގައި ވެސް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެއެވެ. %50 އެކްސްޓްރާ ޑޭޓާ އޮފަރ ގެ ދަށުން އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބޭނެއެވެ.

5x ޑެއިލީ ޑޭޓާ ބޯނަސް އޮފަރ ގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބޭނެއެވެ. ޑޭޓާ އޮފަރ ތަކުގެ އިތުރުން އުރީދޫން އޮޕޯ ފޯނުތަކުގައި ވަނީ ވަރަށް ޚާއްސަ ޑިސްކައުންޓް އޮފަރ އެއްވެސް ތައާރަފުކޮށްފަ އެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯ A1K 52 ޖީބީ ފޯނު މިހާރު އެންމެ 2098.99ރ އަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބަލައިގަނެވޭނެ އެވެ.

- ކޮމެންޓް