ކ. މާލެ
|
24 މެއި 2020 | އާދީއްތަ 13:18
ބްރިޖްވިއު ޕްލެޓްފޯމް ސަރަހައްދަށް އުދައަރާފައި؛ މޫސުމަށް ސަމާލުވުމަށް ވަނީ އަންގާފައި
ބްރިޖްވިއު ޕްލެޓްފޯމް ސަރަހައްދަށް އުދައަރާފައި؛ މޫސުމަށް ސަމާލުވުމަށް ވަނީ އަންގާފައި
ރާއްޖެއެމްވީ
ރަށްރަށަށް އުދައެރުން
ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ
ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓް ހުންނާނެ

ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އަދީއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގުއުތުރުންް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓް ހުންނާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

- ކޮމެންޓް