ކ. މާލެ
|
24 މެއި 2020 | އާދީއްތަ 12:00
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެއް ފުރުވާލަނީ-އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންތަކެއް ފުރުވާލަނީ-އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
އެމްޕީއެލް
ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުން
ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތައް ހޯދަނީ
ދިވެހި ސަރުކާރާއި އެގައުމުތަކުގެ ސަރުކާރާއި ގުޅިގެން އެ މަަސައްކަތް ކުރިއަށްދޭ
05 ޖޫން 2020 ވާ ހުކުރު ދުވަހުގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ހުށައެޅޭނެ
ކައުންސިލްގެ ހޮޓްލައިން ނަންބަރ 1618އަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ

ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވުމުގެ މަސައްކަތް ދިވެހި ސަރުކާރާއި އެ ގައުމުތަކުގެ ސަރުކާރާއި ގުޅިގެން ކުރަމުން ދާއިރު، ފުވައްމުލައް ސިޓީންވެސް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ފުވައްމުލަކުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކުން 05 ޖޫން 2020 ވާ ހުކުރު ދުވަހުގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ހޮޓްލައިން ނަންބަރ 1618އަށް ގުޅައިގެން ނަން ނޯޓް ކުރުމަށް ވަނީ އެދިފައެވެ. އަދި އެކަމުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސިޓީ ކައުންސިލާއި އެ މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެނބުރި ޤައުމަށް ދާން ބޭނުންވާ ބިދޭސީންގެ މައުލޫމާތު ހޯދުމަށް މީގެ ކުރިންވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި، ޚާރިޖީ ވުޒާރާ ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެކަމަށް އެދި ހުޅުވާލި ފުރުސަތުތަކުގެ ދަށުން މިހާރުވެސް ގިނަ ބިދޭސީންތަކެއް ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފަ ވެއެވެ.

- ކޮމެންޓް
24 މެއި 2020 | އާދީއްތަ 12:41
ސީދާ
ބިދޭސީން އުޅޭ ހުރިހާ ތަނެއްވެސް ބަލާ ޤައުމަށް ދާން ބޭނުންވާ އެންމެން ފޮނުވާލުމަކީ ވަރަށް ރަނގަޅުކަމެއް !