ސިވިލް ސަރވިސް މުވައްޒަފުންނަށް ރޯދަ މަހުގެ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި ޢިނާޔަތްތަކަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން މި މަހުގެ 16 ވަނަ ދުވަހު އެ މިނިސްޓްރީން ޢާންމުކޮށްފައިވާ މާލިއްޔަތާއި ބެހޭސަރކިއުލާއާއިގުޅޭގޮތުން އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން ނެރުނު އައުސަރކިއުލަރއެއްގަ އެވެ.
ބުރާސްފަތި ދުވަހު ނެރިފައިވާ ސަރކިއުލާގައި ބުނެފައިވަނީ ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް 16 މެއިގައި ނެރިފައިވާ ސަރކިއުލަރގެ 6 ވަނަ ނުކުތާގައި ބުނެފައިވަނީ ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، މި ސަރކިއުލަރގެ 6 ވަނަ ނުކުތާ އަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި، 31 މެއި (8 ޝައްވާލް 1441) އިން ފެށިގެން ކަމަށެވެ.
އެހެންކަމުން 30 މެއިގެ ނިޔަލަށް އިތުރުގަޑީ ގެ ފައިސާ ކަނޑައެޅުމުގައި އަމަލުކުރާނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ އުސޫލަށް ކަމަށާއި، 31 މެއި އިން ފެށިގެން އަމަލުކުރާނީ މި މަހުގެ 16 ވަނަ ދުވަހު އާންމުކުރި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.