ކ. މާލެ
|
20 މެއި 2020 | ބުދަ 14:27
ނިޔާވި މީހާގެ ވަޅުލުމުގެ މަސައްކަތް ކުރަނީ
ނިޔާވި މީހާގެ ވަޅުލުމުގެ މަސައްކަތް ކުރަނީ
ފުވައްމުލަކު ސިޓީ ކައުންސިލް
ފުވައްމުލަކުގައި ކުއްލިއަކަށް މަރުވި މީހާ
ފުވައްމުލަކުގައި ކުއްލިއަކަށް މަރުވި ބަންގްލަދޭޝް މީހާ ކޮވިޑަށް ނެގެޓިވް
ފުވައްމުލަކުން ނެގި ކޮވިޑް 3 ސާމްޕަލް ވެސް ނެގެޓިވް
ބަންގްލަދޭޝް މީހާ ވަޅުލާފައިވަނީ ކޮވިޑް-19 ޖެހޭ މީހުން ވަޅުލާ އުސޫލުން

ފުވައްމުލައް ސިޓީގައި ކުއްލިގޮތަކަށް ނިޔާވި ބަންގްލދޭޝް މީހާގެ ސާމްޕަލް ކޮވިޑް-19އަށް ނެގެޓިވް ވެއްޖެ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ 14 މެއި 2020 ވީ ބުރާސްފަތި ދުވަހު ފުވައްމުލަކުން ނެގި ކޮވިޑް 3 ސާމްޕަލް ވެސް (ސާމްޕަލް ނަންބަރ 11،12،13) ނެގެޓިވްވެފައިވާ ކަމަށެވެ.

މީގެތެރޭގައި ފުވައްމުލަކުގައި ނިޔާވި ބަންގުލަދޭޝް މީހާގެ ސާމްޕަލް ވެސް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ 14 މެއި 2020 ވީ ބުރާސްފަތި ދުވަހު ފުވައްމުލައް ސިޓީގައި ކުއްލިގޮތަކަށް ބަންގްލދޭޝްގެ ރައްޔިތަކު ވަނީ ނިޔާވެފަ އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު އެ މީހާގެ ޖަނާޒާގެ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ކަންކަން ވިލަރެސް ކުރާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް19ގެ ސަބަބުން ނުވަތަ އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

- ކޮމެންޓް