ކ. މާލެ
|
19 މެއި 2020 | އަންގާރަ 16:07
ގާޒީ އިބްރާހިމް އަލީ: ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވަނީ އަންގާރަ ދުވަހު
ގާޒީ އިބްރާހިމް އަލީ: ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވަނީ އަންގާރަ ދުވަހު
ސަން އޮންލައިން
ގާޒީ އިބްރާހިމް އަލީގެ މައްސަލަ
ގާޒީ އިބްރާހީމް އަލީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ
މައްސަލަ ބަލަން ނިންމީ ކޮމިޝަންގެ 36 ވަނަ ބައްދަލުވުމުގައި
ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުން
ތަހުގީގީ ކޮމިޓީއެއް ވަނީ އެކުލަވާލާފައި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޢަލީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބަލަނީ ކޯޓު ޢަމުރު ނެރުމުގައި ޤާނޫނުއަސާސީއާ ޚިލާފަށް ގާޒީ ޢަލީ ޢަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ޖޭއެސްސީގެ 36 ވަނަ ބައްދަލުވުމުގައި ގާޒީ އިބްރާހިމް ޢަލީގެ މައްސަލަ ބަލަން ތަޙުޤީޤު ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.

ވޭތުވެދިޔަ ތިން އަހަރު ހައި ކޯޓުން އެންމެ ގިނައިން ބާޠިލުކޮށްފައި ވަނީ ގާޒީ އިބްރާހިމް ޢަލީގެ ނިންމެވުންތައްކަން ވަނީ ހާމަވެފަ އެވެ.

ޖޭއެސްސީން ދަނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަނީ މަޤާމުންވެސް ވަކިކުރައްވާފަ އެވެ.

- ކޮމެންޓް