ކ. މާލެ
|
19 މެއި 2020 | އަންގާރަ 13:01
ޓޭޒާގަން ބޭނުންކުރަނީ ކަރަންޓު ޝޮކް ފޮނުވަން
ފޭސްބުކް
ފުލުހުން ޓޭޒާ ބޭނުންކުރުން
ފުލުހުން 'ޓޭޒަރ ގަން' ބޭނުންކުރަން ފަށައިފި
އެކަން ހާމަކުރެއްވީ ފޮލިސް ކޮމިޝަނަރު

ފުލުހުންގެ އޮޕަރޭޝަންގައި 'ޓޭޒަރ ގަން' ބޭނުންކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢާންމުންގެ ރައްކާތެރިކަމާއި ފުލުހުންގެ ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން 'ޓޭޒަރ ގަން' ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ވަގުތު 'ޓޭޒަރ ގަން' ބޭނުން ކުރާނީ އަޖުމަ ބެލުމުގެ ގޮތުން ކަމަށް ހަމީދު ވިދާޅުވި އެވެ.

'ޓޭޒަރ ގަން' އާ އެކު ބޮޑީ ކެމެރާ ބޭނުން ކުރާނެ އެވެ. 'ޓޭޒަރ ގަން' ބޭނުންކުރަނީ ފުލުހުންނަށް ނުކިޔަމަންތެރިވާ މީހުންނަށް ޝޮކެއް ދިނުމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ގެންދަނީ މި ހަތިޔާރު ބޭނުން ކުރަމުންނެވެ.

2009 ވަނަ އަހަރު އެމެރިކާގެ ޕޮލިސް އެކްޒެކްޓިވް ރިސަރޗް ފޯރަމްގެ ރިޕޯޓު ދައްކާ ގޮތުން 'ޓޭޒަރ ގަން' ބޭނުން ކުރަން ފެށުމުން ފުލުހުންނާ ކުރިމަތިލާއިރު ޢާންމުންގެ ފަރާތުން ލިބޭ އަނިޔާގެ %76 ދަށް ކުރެވިފައި ވެއެވެ.

- ކޮމެންޓް