ކ. މާލެ
|
19 މެއި 2020 | އަންގާރަ 07:00
މަގުމަތީގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
މަގުމަތީގައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ޕޮޒިޓިވްވެފައި ހުއްޓާ ފިލި ބިދޭސީންގެ ތެރެއިން ދެ މީހުން އަދިވެސް ނުފެނޭ
އެ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދޭ
ފިލައިގެން އުޅެނިކޮށް ހޯދި އެއް ބިދޭސީއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށްލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި
ބަންގްލަދޭޝްގެ 562 މީހުން ވަނީ ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވެފައި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުއްޓައި، ފިލި ހަތް މީހުންގެ ތެރެއިން ދެ މީހުން އަދިވެސް ނުފެންނަކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ހުއްޓާ ފިލާފައިވަނީ 7 ބިދޭސީއެކެވެ. އެތަނުން 5 މީހަކު ވަނީ ފެނިފަ އެވެ. ފިލައިގެން އުޅެނިކޮށް ހޯދި އެއް ބިދޭސީއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ދެ ބިދޭސީން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުންދާ ތަންތަނުގެ ތެރެއިން ފުލުހުން މޮނިޓަރ ކުރަމުންދާ ތަންތަނުގައި އެފަދަ ހާދިސާތައް ނުހިނގާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 1106ށް އަރާއިރު އޭގެ ތެރޭ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 562 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ.

- ކޮމެންޓް