ކ. މާލެ
|
19 މެއި 2020 | އަންގާރަ 04:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ވާހަކަދައްކަވަނީ؛ އެމެރިކާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ވާހަކަދައްކަވަނީ؛ އެމެރިކާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައި
ރައީސް އޮފީސް
އެމެރިކާއާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރުން
އެމެރިކާ އާއި ގުޅިގެން ރާއްޖެއިން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި
ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭންވީ ކަންތައް: ރައީސް
އިގްތިސާދު އަލުން އާރާސްތުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު
ދިވެހި ރައްޔިތުންނަށް ކްރިޓިކަލް ކެއަރގެ އެހީތެރިކަން މި ހައްސާސީ ދަނޑިވަޅުގައި ދޭނެކަމަށް އެމެރިކާއިން ބުނެފައިވޭ

އެމެރިކާއި ގުޅިގެން ރާއްޖެއިން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެމެރިކާއެކު މަސައްކަތްތަކެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރިކަން ހާމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާއި ދެކޮޅަށް މަސައްކަތްކުރުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގެ އެސިސްޓެންޓް ރޮބަރޓް ސީ އޯ'ބްރައިން އާއި މަޝްވަރާ ކުރެއްވިކަމަށެވެ.

ކޮވިޑާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، މީގެ އިތުރުން މި އާލަމީވަބާ އިން ސަލަމަތްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭންވީ ކަންކަމަށް ރައީސް ވިދާޅުވި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ސަރވިސަސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެގައުމުން ކޮވިޑާއި ދެކޮޅަށް ކުރެވިދާނެ މަސައްކަތްތަކާއި، އަދި އިގްތިސާދު އަލުން އާރާސްތުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން އެމެރިކާއިން ވަނީ ދިވެހި ރައްޔިތުންނަށް ކްރިޓިކަލް ކެއަރގެ އެހީތެރިކަން މި ހައްސާސީ ދަނޑިވަޅުގައި ދޭނެކަމަށް ބުނެފަ އެވެ. އަދި ދުނިޔޭގެ އިގްތިސާދު އަލުން އިއާދަވާއިރު އެކި ގައުމުތަކުން ދަރަނިން ސަލާމަތްވުމަށް އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

- ކޮމެންޓް