ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 14:43
ފިހާރައަކަށް ގެންދަން ބަރުކޮށްފައި ހުރި ކާބޯތަކެތި
ފިހާރައަކަށް ގެންދަން ބަރުކޮށްފައި ހުރި ކާބޯތަކެތި
ރާއްޖެއެމްވީ
ކުދި ވިޔަފާރިތަކަށް ދޫކުރާ ލޯނު
ފްރީލާންސަރުންނަށް ދޭ ފައިސާގެ އަދަދު 30،000ރ. އަށް ބޮޑުކޮށްފި
ކުރިން ދޫކުރަން ކަނޑައަޅޭ 18،000ރ.
ގިނަ ބައެއްގެ ޝަކުވާތައް ލިބިފައިވޭ

އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށް ދޫކުރަމުން އައި ލޯނުގެ އަދަދު 18،000ރ. އިން 30،000ރ. އަށް އިތުރުކުރަން ނިންމައިފި އެވެ.

ލޯނު އެހީގެ ގޮތުގައި އެންމެ ކުދި ވިޔަފާރިތަކަށް (އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް) ދޫކުރާ ލޯނުގެ އަދަދު އިތުރުކުރަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރެއްވީ މާލީ ވަޒީރު އިބްރާހިމް އަމީރެވެ. އެހީގެ އަދަދު އިތުރުކުރަން ނިންމި ސަބަބު ހާމަކުރައްވަމުން އަމީރު ވިދާޅުވީ، މީގެ ސަބަބުން އެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކުދި ވިޔަފާރިތަކުގެ ތެރެއިން 18،000ރ. ދިނުމަށް ކަނޑައަޅާފައިވާ ގިންތިއަކީ، އަމިއްލަ މަސައްކަތް ކުރާ (ފްރީލާންސް) މީހުންނެވެ. މީގެ ތެރޭގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ވިޔަފާރިތައް ވެސް ހިމެނެ އެވެ. މި ލޯނު ފައިސާ ދޫކުރަނީ، ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 6 ޕަސެންޓު އިންޓްރެސްޓް ރޭޓުގަ އެވެ. މި ލޯނު ހޯދަން އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް