ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 23:26
ރާއްޖޭގެ ސީނިއާ ބީޗް ވޮލީ ފިރިހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން
ރާއްޖޭގެ ސީނިއާ ބީޗް ވޮލީ ފިރިހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން
ވީއޭއެމް
ބީޗް ވޮލީ
ގައުމީ ބީޗް ވޮލީ ޓީމު ތައިލެންޑަށް ފުރައިފި
ޓީމުގައި ހިމެނެނީ 4 ކުޅުންތެރިންނާއި އޮފިޝަލެއް
މުބާރާތް ކުރިއަށްދާނީ ތައިލެންޑްގެ ސަޓުންއާ އަދި ސޮންގްލާގަ

ތައިލެންޑްގެ ސަޓުންއާ އަދި ސޮންގްލާގައި މި މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ބީޗް ވޮލީބޯލް ޓުއާގައި ވާދަކުރާ ދިވެހި ރާއްޖޭގެ ބީޗް ވޮލީ ޓީމު އެގައުމަށް ގޮސްފި އެވެ.

އޭޝިޔާގެ ޤައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ރާއްޖެއިން ދިޔަ ދެ ޕެއާގައި ހިމެނެނީ އަދުނާން އަބުދުލް ހަމީދާ އަހުމަދު އަނިލް ނަސީރުގެ ޕެއާ އާއި، ޝިއުނާޒް އަބުދުލް ވާހިދު އަދި އާދަމް ނަސީމްގެ ޕެއާއެވެ.

ޓީމުގެ ކޯޗު އަދި ޓްރެއިނަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަބުދުﷲ ނަޝީދު އެވެ.

މުބާރާތައް ފުރުމުގެ ކުރިން ދިވެހި ޓީމުގެ ކެޕްޓަން ޝިއުނާޒް އަބުދުލް ވާހިދު ބުނީ އުންމީދު ކުރަނީ މޮޅު ކުޅުމަކާއެކު މުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކަމަށެވެ.

އޭނާ ބުނީ މި މުބާރާތަކީ އޭޝިޔާގެ ޤައުމުތަކަށް ހުޅުވާލައިގެން ބޭއްވޭ ވަރަށް ވަރުގަދަ މުބާރާތެއް ކަމުން ހުރިހާ ޓީމުތަކެއް ވެސް ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.

އޭޝިޔަން ބީޗް ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 6 ން 18 ގެ ނިޔަލަށެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ތައިލެންޑްގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ މުބާރާތެކެވެ. އެގޮތުން މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ތައިލެންޑްގެ ސަޓުންއާ، ސޮންގްލާ ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް