ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 22:40
ރައީސް މައުމޫނާއި، މިނިސްޓަރު ޝައިނީ
ރައީސް މައުމޫނާއި، މިނިސްޓަރު ޝައިނީ
ޓްވިޓަރ
ޝައިނީގެ ސިޓީ
ޑރ. ޝައިނީގެ ތައުރީފް ރައީސް މައުމޫނަށް!
މަސައްކަތުގައި ހިތްވަރާއެކު ދެމިހުރުމުގެ އަސްލަކީވެސް ހަމަ މަނިކުފާނު
ކިޔަވައިގެން އައުމުން ކާމިޔާބީ ފާހަގަކުރައްވައި ހިތްވަރު ދެއްވީ މަނިކުފާނު
ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، އެންމެ އިސްވެރިޔާގެ ގޮތުގައި މަނިކުފާނު ހުންނެވުން އެދެން

"ހ. ރޯޒްބީމް

 

                      ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމުގެ އަރިހަށް،

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

 އޮކްޓޯބަރު، 20، 2008 ވަނަ ދުވަހު މަނިކުފާނު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑް އަލުން އެކުލަވާލިއިރު، އެ ބޯޑުގެ މެންބަރަކަށް އަޅުގަނޑު ހަމަޖައްސަައިދެއްވާފައިވާތީ އެކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު މަނިކުފާނަށް ޝުކުރު ދަންނަވަމެވެ.

 

މިފްކޯގެ އަލަށް އެކުލަވާލެއްވި ބޯޑުގެ ފުރަތަމަ ޖަލްސާގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް އަޅުގަނޑު ވަނީ ހަމަޖައްސަވާފަ އެވެ. ވީމާ، މިފަދަ ފަޚުރުވެރި މަގާމެއް ލިބުމަށް އަޅުގަނޑަށް މަގުފަހި ކޮށްދެއްވި ކަމަށްޓަކައި ވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފަރާތުން މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

 

އަޅުގަނޑަކީ ސްކޫލް ދައުރު ނިމުނީއްސުރެ، މަނިކުފާނުގެ ޒައާމަތުގެ ދަށުން ސަރުކާރުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ މީހަކެވެ. އަދި މިހާރު، މަނިކުފާނު އަޅުގަނޑަށް ތިޔަދެއްވި އިތުބާރާއެކު، ހަވާލުވެފައިމިވާ މަސައްކަތުގެ ޒިންމާ، މާތްﷲ ގެ ވާގިފުޅާއެކު، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި ދަންނަވަމެވެ. މިއަދާ ހަމައަށްވެސް އަޅުގަނޑުގެ މަސައްކަތުގައި ހިތްވަރާއެކު ދެމިހުރުމުގެ އަސްލަކީވެސް ހަމަ މަނިކުފާނެވެ. މިހެން މިދެންނެވީ، އަޅުގަނޑު ރާއްޖެއިން ބޭރުން ދެފަހަރެއްގެ މަތިން ކިޔަވައިގެން އައުމުން އަޅުގަނޑަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި އެކަމަށްޓަކައި މަނިކުފާނު އަޅުގަނޑަށް ދެއްވި ހިތްވަރުގެ ސަބަބުންނެވެ.

 

މަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް މިއަދު އައިސްފައިމިވާ ތަރައްގީ ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން، ކުރިއަށްއޮތް އިންތިޚާބުގައި މަނިކުފާނަށް ތަފާތުބޮޑު ނަތީޖާއަކުން ކުރި ލިބިވަޑައިގެން، ގަދަ 5 އަހަރަކަށް އަޅުގަނޑުމެންގެ އެންމެ އިސްވެރިޔާގެ ގޮތުގައި މަނިކުފާނު ހުންނެވުމަކީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދުއާ އެވެ. އިރާދަފުޅުކުރެއްވިއްޔާ މިދެންނެވި ފަދަ 5 އަހަރު ރާއްޖެ އާ އުސްމިންތަކަކަށް ގެންދިއުމުގައި އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނޭކަމުގެ ޔަގީންކަން އަރުވަމެވެ. އަޅުގަނޑު އެދެނީ، މަނިކުފާނުގެ ދެކަނބަލުންނަށާއި އާއިލާއަށް މާތްﷲ އުފާވެރި ބާއްޖަވެރި ދުވަސްތަކެއް އަބަދުމެ ދެއްކެވުމެވެ.

 

އިޚްތިރާމް ގަބޫލުކުރެއްވުން އެެދެމެވެ.

27 ޝައްވާލު 1429

27 އޮކްޓޯބަރު 2008

 

ޚާދިމްކުމް

މުހައްމަދު ޝައިނީ

ރިޔާސީގަނޑުވަރު

މާލެ، ދިވެހިރާއްޖެ"

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގަތުމުން ރައީސް މައުމޫނަށް ޝައިނީ ފޮނުއްވި ސިޓީ

މިއީ މީގެ 9 އަހަރެއްހާ ދުވަހުގެ ކުރިން މިއަދުގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ، ރައީސް މައުމޫނަށް ފޮނުއްވި ސިޓީއެކެވެ. މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގަތުމުން އުފަލުން ފޮޅިފައި ހުރި ޝައިނީއެއް ރައީސް މައުމޫނަށް ފޮނުއްވި ސިޓީއެކެވެ. ސްކޫލް ދައުރު ނިމުނީއްސުރެ ރައީސް މައުމޫންގެ ޒައާމަތުގެ ދަށުން އިޚްލާސްތެރިކަމާއެކު ސަރުކާރުގައި މަސައްކަތް ކުރަމުންދިޔަ ޝައިނީ ޝުކުރުވެރިވާ ހާލު ރައީސް މައުމޫނަށް އެޑްރެސްކޮށް ރިޔާސީ ގަނޑުވަރަށް ފޮނުއްވި ސިޓީއެކެވެ.

 

މި ސިޓީއެއް ލިޔުނުތާ 9 އަހަރެއްހާ ދުވަސް ފަހުން މިއަދު މި ސިޓީ ކިޔާލީމާ މި ބޭބޭފުޅުންނަށް ވެގެން މިއުޅޭ ގޮތް ވަރަށް ސާފެވެ. އެއިރު ވެސް ވެފައި އޮތް ގޮތް ވަރަށް ސާފެވެ. ރައީސް މައުމޫނަށް ޝުކުރުއަދާކޮށް، ސަނާ ކިޔައި މި ސިޓީއެއް ފޮނުވާފައި މިއޮތީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ލިބިވަޑައިގަތުމުންނެވެ. އެއީ މިނިސްޓަރުކަމުގެ މަގާމާ އަޅާބަލާއިރު ކުޑަ މަގާމެކެވެ. އެހެންކަމުން މިނިސްޓަރުކަން ލިބުނީމާ ރައީސް އަބްދުﷲ ޔާމީނަށް ސަނާ ކިޔައި ހުޝާމަދުކޮށް ފޮނުއްވާފައި ހުންނާނެ ސިޓީތަކުގެ އަދަދާ މެދު ނިކަން ވިސްނާލަ ބަލާށެވެ.

 

މިފަހަކުން ރައީސް މައުމޫނާ ގުޅޭގޮތުން ޝައިނީ ދައްކަވާފައިވާ ވާހަކަތަކަށް ނަޒަރު ހިންގާލަ ބައްލަވާށެވެ. ޝައިނީއަށް މިއަދު ރައީސް މައުމޫން "މުސްކުޅި" ވެއްޖެ އެވެ. 30 އަހަރުގެ ވެރިކަން ފުދިއްޖެ ކަމަށް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫނަކީ އިޚްލާސްތެރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެއްޖެ އެވެ. ޝައިނީގެ ނަޒަރުގައި މިއަދު ރައީސް މައުމޫނަކީ އަމިއްލަ އެދުން އިސްކުރައްވާ ބޭފުޅަކެވެ. އުމުރުން ދުވަސްވެ ގައިބާރު ދެރަވެއްޖެއޭ، ގޭގައި މަޑުކޮށްލާށޭ ރައީސް މައުމޫނަށް ނިސްބަތްކޮށް ވިދާޅުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް މަދު ވޯޓްކޮޅެއް ލިބުނީ ރައީސް މައުމޫންގެ ސަބަބުންނޭ ވެސް ވިދާޅުވެއްޖެ އެވެ.

 

ރައީސް މައުމޫނުގެ ޒައާމަތުގައި ރާއްޖެއަށް އައިސްފައިވާ ތަރައްގީ ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން ތަފާތުބޮޑު ނަތިޖާއަކުން 2008ގެ އިންތިޚާބު ރައީސް މައުމޫން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ގަދަ 5 އަހަރަކަށް އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވުމަށް އެދިއެދު ހުންނެވި ޝައިނީ މިއަދު ވިދާޅުވަނީ 30 އަހަރުގެ ތެރޭގައި ތަރައްގީއެއް ގެނެސްދީފައި ނެތް ކަމަށެވެ.

 

މަގާމެއް ލިބިވަޑައިގަތުމުން ރައީސް މައުމޫނަށް ސަނާ ކިޔައި، ހުޝާމަދުކޮށް ފޮނުއްވި ސިޓީއާ މެދު ފުންކޮށް ވިސްނާލަ ބައްލަވާށެވެ. މިއަދުގެ ހާލަތާއި އެއިރުގެ ހާލަތު ވަޒަންކޮށްލަ ބައްލަވާށެވެ. މިއަދު ރައީސް މައުމޫންގެ ބާރެއް ނެތެވެ. މިއަދު އެމަނިކުފާނަކީ އުމުރުން ދުވަސްވެފައިވާ ކުރީގެ ރައީސެކެވެ. މިއަދު ބާރު އޮތީ ޝައިނީގެ އެވެ. ޝައިނީއަކީ ކެބިނެޓް މިނިސްޓަރެކެވެ.

 

ތިމާ މީހާ ކިޔަވައިގެން އައުމުން ސާބަސް ދެއްވި މީހާ މަތިން މިއަދަކު ހަނދާނެއް ނެތެވެ. އިތުބާރުކޮށް، މަތީ މަގާމެއް ދިން މީހާގެ މަތިން ބާރު ލިބުނު ދުވަހު ހަދަނީ ހިތު ހުރި ގޮތެކެވެ. މަސައްކަތުގައި ހިތްވަރާއެކު ހުރުމުގެ އަސްލަކަށްވީ މީހާއަށް ބާރު ލިބުމުން ފެން ކައްކާ ބޮއްޔަށް ދިން އިއްޒަތް ވެސް ނުދިނެވެ. އެއިރު އެ މީހަކަށް އިތުރު ފަސް އަހަރުގެ ދައުރެއް ދެއްވުމަށް އެދި ދުއާކުރިއިރު، މިއަދު ބާރު ލިބުނީމާ އެ މީހަކަށް ކުރަނި ބަދު ދުއާ އެވެ. އާއުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވާނެކަމުގެ ޔަގީންކަން ދީފައި، މިއަދު ފައިފުއްސަށް ކުރާ އިޚްތިރާމް ވެސް ނުކުރަނީ އެވެ.

 

މުސްކުޅިން ބުނެ އުޅެނީ ހަމަ ތެދެކެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ. މިހިރަމިހަރަ ފެނިގެންދަނީ މަގާމަކަށްޓަކައި، ތިމާ މީހާ މީހަކަށް ހެދި މީހާއާ ދޭތެރޭ ކަންތައްތައް ކުރާ އިހާނެތި ގޮތެވެ. ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑިއްޖެ އެވެ. މިކަން ވެސް އަހަރެމެންނަށް އިބްރަތަކަށް ފުދެ އެވެ.

- ކޮމެންޓް
5 އޭޕްރިލް 2017 | ބުދަ 18:41
އަސޭލާ
ޔާމީނު އަންގައިގެން ދޮންބިސް ޝައިނީ މައުމޫނުގެ ވާހަކަ ދައްކަނީ. ޝައިނީ ރައީސްކަން ވަރަށް ބޭނުން.ޝައިނީ 3 އަހަރުތެރޭ ތެލާ ގޭހަ ރާއްޖެއިން ނެގޭގޮތް ހަމަޖެއްސީ.މީނާއަށް އެމެރިކާގެ ރައީސްކަން ދޭން ވަރަށް ރަގަޅު..
5 އޭޕްރިލް 2017 | ބުދަ 14:25
ކުޅިވަރު
މީގެ ކުރިން އަންނިވެސް މައުމޫނަކީ ކޮރަޕްޓް މީހެކޭ ބުނި. ފަހުން ބުނީ އެއީ އޯކޭއޭ އެއިރު ރައީސް އޮފިސް ހިންގި އަބުދުﷲ ޝާހިދު އަކީ މިހާރު އެމްޑީޕީގެ ބޮސް މައުމޫނާއި އަންނިއަކީ ވަރަށް އެއްގޮތް ދެބޭފުޅުންދޯ
5 އޭޕްރިލް 2017 | ބުދަ 12:38
ހަސަނު
ޝައިނީގެ ބިތު ފަންގި ތިޔ ނެގުނީ ހާދަ އަވަހަކަށޭދޯ؟
5 އޭޕްރިލް 2017 | ބުދަ 10:37
ކަމަނަ
ހައްތަހާވެސް ކެރަފޯލި ތިޔައީ
5 އޭޕްރިލް 2017 | ބުދަ 10:17
ވޮޗަރު
މުއިއްޒު ވުމަށްވުރެ ނުރައްކަލީ ޝައިނީވުންތާ ދޯ
5 އޭޕްރިލް 2017 | ބުދަ 08:27
ހަޖްމޯލާ
Viki husvefa
5 އޭޕްރިލް 2017 | ބުދަ 01:41
Maabe
Goaheh noon
4 އޭޕްރިލް 2017 | އަންގާރަ 23:11
ހ މ ޒ
ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރުގައި ވަރަށް ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވާފައިވާ ކަމަށާއި އެހެންކަމުން ރައީސް މައުމޫން އަށް ބަރުބަހެއް ވިދާޅުނުވުން އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ!؟
4 އޭޕްރިލް 2017 | އަންގާރަ 19:44
ނާސިރު
މިއީކީ އާކަމެއްނޫނެއްނު ރައީސް ނަޝީދު އާއި ތި ރާއްޖެ ޓީވީ އިން ވެސް ރައީސް މައުމޫން އަށް އިއްޔެ ނުގޮވާކަ އެއްޗެއް ނެތެއްނު އެކަމަކު މިއަދު ރައީސް މައުމޫނު ވަރެއް ނެތެއްނު