ކ. މާލެ
|
12 މެއި 2020 | އަންގާރަ 21:39
އަރްޖުން ކަޕޫރް އިޝަކްޒާދޭގެ ސްކްރިޕްޓް އާއެކު
އަރްޖުން ކަޕޫރް އިޝަކްޒާދޭގެ ސްކްރިޕްޓް އާއެކު
އަރްޖުން ކަޕޫރް
ހީރޯ އަކަށް ވެވިދާނެކަން ގަބޫލް ކުރެވުނީ އިޝަކްޒާދޭ އަށް ފަހު: އަރްޖުން
އިޝަކްޒާދޭ އަކީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމެއް
އިޝަކްޒާދޭގައި އަރްޖުން ފެނިގެންދަނީ ޕަރްނީތީ ޗޯޕްރާ އާއެކު
މި ފިލްމަށްފަހު އަރްޖުން އަށް އަމިއްްލަ ނަފްސަށް އިތުރު ހިތްވަރެއް ލިބުނު

ހީރޯ އަކަށް ވެވިދާނެކަމަށް ގަބޫލް ކުރެވުނީ އިޝަކްޒާދޭ އަށް ފަހު ކަމަށް ބޮލީވުޑްގެ ތަރި އަރްޖުން ކަޕޫރު ބުނެފި އެވެ.

އަރްޖުން ބުނީ އިޝަކްޒާދޭ ކުޅުނު އިރު އެނާ އިންޑަސްޓްރީ އަށް ވަރަށް އާ ކަމަށެވެ. އެހެންނަމަވެސް އެ ފިލްމް ކުޅުނު ފަހުން އަމިއްލަ ނަފްސަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް އަރްޖުން ބުންޏެވެ.

މެއި މަހުގެ 11 ވަނަ ދުވަހަކީ އިޝަކްޒާދޭ ރިލީޒް ކުރިތާ 8 އަހަރު ފުރުނު ދުވަހެވެ. އިޝަކްޒާދޭ އަކީ 2012 ވަނަ އަހަރު އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ހަބީބް ފައިސަލް ޑައިރެކްޓުކުރި ފިލްމެކެވެ. މި ފިލްމުގައި އަރްޖުން ފެނިގެން ދިޔައީ ޕަރިނީތީ ޗޯޕްރާއާ އެކުގަ އެވެ.

ޝޫޓިންގް ގެ ފުރަތަމަ ދުވަސް ހަނދާން އާކޮށް އަރްޖުން ބުނީ އެދުވަހު މިކަން ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާގެ ހަޔާތުގެ ފުރަތަމަ ދުވަހަށް އެ ދުވަސް ވާނެ ކަމަށް އަމިއްލަ ނަފްސަށް ބުނެވުނުކަމަށެވެ. އެހެންކަމުން އެ ކަމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށް އަރްޖުން ބުންޏެވެ. ފިލްމުގެ ޕްރޮޑިއުސަރު ބޭނުންވާ ވަރަށް މަންޒަރު ގެނެސްދެވެންދެން އޭނާ ހިތްވަރު ކުރިކަމަށް ވެސް އަރްޖުން ބުނެފައި ވެއެވެ.

ފިލްމުގެ އިޝަކްޒާދޭ އަށް 8 އަހަރު ފުރުން ފާހަނގަ ކުރުމުގެ ގޮތުން އަރްޖުން ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ. މި ޕޯސްޓްގައި އަރްޖުން ފެނިގެންދަނީ އިޝަކްޒާދޭގެ ސްކްރިޕްޓްތަކެއް ހިފަހައްޓައިގެން ހުންނަ ތަނެވެ. މި ޕޯސްޓް ގައި އަރްޖުން ވަނީ އިޝްކްޒާދޭ ޓީމަށް އޭނާ އަށް ދިން ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ.

- ކޮމެންޓް