ކ. މާލެ
|
12 މެއި 2020 | އަންގާރަ 00:23
ރާއްޖޭގައި ހިންގާ ރިސޯޓެއް: ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް ވަނީ އެއްކޮށް ބަންދުކޮށްފައި
ރާއްޖޭގައި ހިންގާ ރިސޯޓެއް: ހުރިހާ ރިސޯޓެއް ކަހަލަ ގޮތަކަށް ވަނީ އެއްކޮށް ބަންދުކޮށްފައި
ފޭސްބުކް
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން
ބޯޑަރު ހުޅުވާލުމުން ފަތުރުވެރިން ގެނައުމުގެ ހުއްދަ ފުރަތަމަ ދޭނީ ރިސޯޓުތަކަށް!
ބޯޑަރު އަލުން ހުޅުވާލުމާއިމެދު ގޮތެއް ނިންމާނީ ކުރިއަށް ދެ ހަފުތާއަށް ބެލުމަށް ފަހު
ގޮތެއް ނިންމުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެރިންގެ މަޝްވަރާ ހޯދާނެ
ބެސްޓް ކޭސް ސިނާރިއޯގައި ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވިގެން ދާނެ

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށްފަހު، އެންމެ ފުރަތަމަ ފަތުރުވެރިން އައުމުގެ ފުރުސަތު ދެވިގެންދާނީ ޓޫރިސްޓު ރިސޯޓުތަކަށް ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކަކީ "އިޓް ސެލްފް" އައިސޮލޭޝަން ފެސިލިޓީތަކެއް ކަމަށެވެ. އަދި އަލުން ބޯޑަރު ހުޅުވާލެވިގެން ދާއިރު، ގޮތް ނިންމާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާއި މަޝްވަރާކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ސީދާ ބޯޑަރު ހުޅުވޭނެ ދުވަހަކާއި ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވީ، އެހެން ދަންނަވަން ދަތި ކަމަށެވެ. އަދި މި ހުރިހާ ކަމެއް ބިނާވެފައި މިއޮތީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރަން ކުރެވޭ މަސައްކުގެ ނަތީޖާގެ މައްޗަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބެސްޓް ކޭސް ސިނާރިއޯއަށް ބަލާ ކަމުގައިވަނީނަމަ، ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލެވިގެން ދާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރިސޯޓްތައް ބަންދުކުރަން ޖެހުމާއި ގުޅިގެން ގިނަ ބައެއްގެ އާމްދަނީ އާއި ވަޒީފާ ވަނީ ގެއްލިފައި

ފިނޭންސް މިނިސްޓަރ އަމީރު ވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދެއްކެވި އިރުގައި، ބެސްޓް ކޭސް ސިނާރިއޯއަކީ ޖުލައި މަހު ބޯޑަރު ހުޅުވިގެން ފަތުރުވެރިން ގެނައުން އަލުން ފައްޓާނެ ކަމަށެވެ. އަނެއް ދެ ސިނާރިއޯއަށް ބަލާއިރު، ޖުލައި މަހު ނުހުޅުވިއްޖެނަމަ ދެން ހުޅުވާނީ އޮކްޓޫބަރު މަހު އެވެ. އަދި އެންމެ ވަރސްޓް ކޭސް ސިނޭރިއޯގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފަތުރުވެރިކަން ހުއްޓުމަކަށް އައުމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެ، ދައުލަތުގެ އާމްދަނީއަށް ވަނީ ހީނަރުކަމެއް ވަނީ އައިސްފަ އެވެ. ފަތުރުވެރިކަން ހުޅުވާލެވޭނެ އިރެއްގެ މަޝްވަރާތައް ކުރިއަށްދާއިރު، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުނުކޮށް ބޯޑަރު ހުޅުވާލުމުގެ ވިސްނުމެއްނެތް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

- ކޮމެންޓް