މަޝްހޫރި ފިލްމީ ތަރި އަދި 'ކޮމީޑިއަން' ޖެރީ ސްޓިލަރ މަރުވެއްޖެ އެވެ.
ސްޓިލަރ މަރުވިކަން އޭނާ ގެ ދަރިފުޅު ބެން ސްޓިލަރ ވަނީ ކަށަވަރު ކޮށްދީފައެވެ.
ގުދުރަތީ މަރަކުން އެނާ މަރުވެފައިވަނީ އުމުރުން 92 އަހަރުގައެވެ. ބެން ސްޓިލަރ ބުނެފައިވަނީ އޭނާ އަކީ ވަރަށް ރަނގަޅު ބައްޕައެއް އަދި ކާފައެއް ކަަމަށެވެ. އަދި ޒިންމާދާރު ފިރިއެއް ކަމަށެވެ.
ސްޓިލަރ އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ "ސެއިންފީލްޑް" އަށް އޭނާ ކުޅެފައިވާ ފްރޭންކް ކޯސްޓެންޒަރ ގެ ރޯލުންނެވެ. މީގެ އިތުރުންވެސް ސްޓިލަރ ވަނީ އޭނާގެ ފިރިހެން ދަރިފުޅު ބެން އާއި އެކުވެސް ކޮމިޑީ ފިލްމުތަކުގައި ފެނިގެން ގޮސްފައެވެ. މި ދެބަފައިން އެކުގައި ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ޒޫލޭންޑަރ، ޒޫލެންޑަރ-2 އަދި ދަ ހާޓްބްރޭކް ކިޑް ހިމެނެއެެވެ.
ސްޓިލަރ ގެ އަންހެނުން އެނީ މިއޭރާ މަރުވެފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ދެމީހުން ދިމާވީ 1953 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކުން ނެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ނުވަނީސް ދެމީހުން ކައިވެނި ކުރިއެވެ. އަދި އެކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެކުގައި ޝޯވ ހުޝަހަޅައި ދީފައިވެއެވެ. އެގޮތުން ސީބީއެސްއިން އެންމެ މަތިން ރޭޓުކޮށްފައިވާ "ދަ އެޑް ސުލިވާން" ޝޯވްގައި 30 ފަހަރަކު ދެމީހުން އެކުގައި ހުޝަހެޅުންތަކެއް ހުޝަހަޅާ ދީފައި ވެއެވެ.
އަދި 2007 ވަނަ އަހަރު ލޮސް އެންޖެލިސްގައި އެ ދެތަރިންނަށް އެކު އެކީގައި ވަނީ "ހޮލީވުޑް ހޯލް އޮފް ފޭމް" ގެ ޝަރަފު ލިބިފައެވެ. އަދި އޭގެ ތިން އަހަރު ފަހުން އެ ދެމަފިރިން ވަނީ މަންހަޓަން ގައި ހުންނަ އެމީހުންގެ އަމިއްލަ ގޭގައި ޝޯވ އެއް ޝޫޓްކޮށް ވެބްގެ ޒަރީއާއިން ދައްކާލާފައެވެ.