ކ. މާލެ
|
10 މެއި 2020 | އާދީއްތަ 22:42
ބޮލީވުޑްގެ އެކްޓަރ އަރްޖުން ކަޕޫރް
ބޮލީވުޑްގެ އެކްޓަރ އަރްޖުން ކަޕޫރް
ގޫގުލް
އަރްޖުން ކަޕޫރް
ޑިޓެކްޓިވްއެއްގެ ރޯލް ކުޅުމަކީ ހުވަފެނެއް: އަރްޖުން
ޑިޓެކްޓިވް އެއްގެ ރޯލު ކުޅޭ ހިތްވީ ޓީވީ ސީރީޒް ބިޔޮމްކޭޝް ބަކްޝީ ބެލުމަށްފަހު
ޑިޓެކްޓިވް ރޯލް އަަބަދުވެސް ކުޅެން ބޭނުން ވޭ

ޑިޓެކްޓިވްއެއްގެ ރޯލް ވަރަށް ކުޅޭ ހިތްވާ ކަމަށް އަރްޖުން ކަޕޫރު ބުނެފިއެވެ.

އެކްޓަރު އަރްޖުން ބުނީ ޓީވީ ސީރީޒް ބިޔޮމްކޭޝް ބަކްޝީ ބެލުމަށްފަހު ޑިޓެކްޓިވް މީހެއްގެ ރޯލުކުޅެލަން ބޭނުންވާކަމަށެވެ. މި ސީރީޒްގައި މެއިން ކެރެކްޓަރ ގެ ރޯލުން ކްރައިމް އިންވެސްޓިގޭޓްކުރާ ގޮތް ވަރަށް ފުރިހަމަކަމަށެވެ. އެހެންކަމުން އެކަހަލަ ރޯލެއް ކުޅެލަން އެނާ ބޭނުންވާ ކަމަށެވެ.

އަރްޖުން ބުނީ ކޮންމެވެސް ދުވަހަކުން އޭނާ ޑިޓެކްޓިވް މީހެއްގެ ރޯލު ކުޅޭނެ ކަމަށާއި އަބަދުވެސް އެކަހަލަ ރޯލެއް ކުޅެން ބޭނުންވާ ކަމަށެވެ. އަދި މިއީ އޭނާގެ ހުވަފެނެއް ކަމަށްވެސް އަރްޖުން ބުންޏެވެ.

އަރްޖުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 'ޕާނިޕަޓް' އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ސަންދީޕް އޯރު ޕިންކީ ފެރާރް" އިންނެވެ. މި ފިލްމުން އަރްޖުން އާއެކު ފެނިގެންދާނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޕަރްނިތީ ޗޯޕްރާއެވެ.

- ކޮމެންޓް