ކ. މާލެ
|
10 މެއި 2020 | އާދީއްތަ 21:47
ހިނިތުންވެ ތިބުމަށް އެދި ޝިލްޕާ ޝެޓީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯ
ހިނިތުންވެ ތިބުމަށް އެދި ޝިލްޕާ ޝެޓީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯ
އިންޑިއާ ޓައިމްސް
ޝިލްޕާ ޝެޓީ
މި ދަނޑިވަޅުގައި ''ފްލެޓް ކުރަން ނުޖެހޭ 'ކަރވް' އަކީ ކޮބައިކަން ޝިލްޕާ ކިޔައިދީފި
ލޮކްޑައުންގައި ހުރެ ފޭނުނަށް ޝިލްޕާ ދަނީ ތަފާތު މެސެޖުތައް ދެމުން
ޝިލްޕާ ބުނީ ހިނިތުންވުމަކީ ވައިރަހަށް ވުރެ ވަރުގަދަ އެއްޗެއް ކަމަށް

ލޮކްޑައުންގެ މި ދަނޑިވަޅުގައި އޭނާގެ ފޭނުން ހޭލުންތެރިކޮށް، ރަނގަޅު ވިސްމުނެއް ގެނެސްދޭން ޝިލްޕާ ނުފޮރުޅާ ގަލެއް ނެތެވެ.

ދާދި ފަހުން ޝިލްޕާ އިންސްޓަގްރާމްގައި އޭނާގެ ފޮޓޮއެއް ޕޯސްޓްކޮށް ހުރިހާ އެންމެންވެސް ހިނިތުންވެ ތިބުމަށް އެދުނެވެ. މި ފޮޓޯގައި ޝިލްޕާ ފެނިގެންދަނީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ޝިލްޕާ ބުނީ މިއީ މި ކަހަލަ ދުވަސްވަރެއްގައި އަމުދުން ފްލެޓް ކުރަން ނުޖެހޭ ހަމަ އެކަނި ކަރވް ކަމަށެވެ. އަދި މިއީ ވައިރަސް އަށް ވުރެ ވަރުގަދަ އެއްޗެއްކަމަށް އޭނާ ބުންޏެވެ.

މަޖާ ޓިކްޓޮކެއް ފިރިމީހާ ރާޖް އާއި އެކު ކުޅެ ޝެއަރ ކުރުމުގެ އިތުރަށް ދުޅަހެޔޮކަންމަތީ ތިބުމަށްވެސް ތަފާތު މެސެޖުތައް ޝިލްޕާ ދަނީ ދެމުންނެވެ.

ތަފާތު އެތައް ކަމެއް ކޮށްގެން ވެސް މި ދަނޑިވަޅުގައި އޭނާގެ ފޭނުން އުފަލުގައި ތިބޭ ކަން ޝިލްޕާ ޔަގީން ކުރެއެވެ.

- ކޮމެންޓް