ކ. މާލެ
|
10 މެއި 2020 | އާދީއްތަ 20:38
މަޝްހޫރު ސީރީޒް \"ހެރީ ޕޮޓާ\" ގެ އެކްޓަރ ރުޕާޓް ގްރިންޓް
މަޝްހޫރު ސީރީޒް "ހެރީ ޕޮޓާ" ގެ އެކްޓަރ ރުޕާޓް ގްރިންޓް
ގޫގުލް
ހެރީ ޕޮޓާގެ އެކްޓަރު ރުޕާޓް
ހެރީ ޕޮޓާގެ އެކްޓަރު ރުޕާޓް އަށް ދަރިއަކު ލިބިއްޖެ
ރުޕާޓް އަަށް ލިބުނީ އަންހެން ދަރިއެއް
ދަރިއަކު ލިބުމުން ދެ ތަރިން ވެސް އުފާކުރޭ

މަޝްހޫރު ސީރީޒް "ހެރީ ޕޮޓާ"ގެ އެކްޓަރު ރުޕާޓް ގްރިންޓް އަށް ދަރިއަކު ލިބިއްޖެއެވެ.

ރުޕާޓް އާއި އޭނާގެ ލޯބިވެރިޔާ ފިލްމީ ތަރި ޖޯޖިއާ ގްރޫމް އަށް އަންހެން ދަރިއަކު މެއި މަހުގެ 8 ވަނަ ދުވަހު ލިބުނުކަން ރުޕާޓް ވަނީ ބޭރުގެ މީޑިއާ ތަކަށް ކަށަވަރުކޮށް ދީފައެވެ. މިއީ އެ ދެމީހުންގެ އަލަތު ދަރިފުޅެވެ. ރުޕާޓް އާއި ޖޯޖިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2011 ވަނަ އަހަރުގައެވެ.

ޖޯޖިއާ ދަރިއަކަށް ބަލިވެ އިންކަން އެމީހުން ހާމަ ކުރީ ވިހަން މަސްދުވަހާ ކައިރި ވެފައި ވަނިކޮށެވެ. ދަރިއަކު ލިބުމުން ދެމީހުންވެސް ވަރަށް އުފާކުރާ ކަމަށް ރުޕާޓް ބުންޏެވެ.

މިވަގުތު ދެ ތަރިންވެސް ބޭނުންވަނީ އާއިލާ އާއެކު އެ އުފާ ހިއްސާކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ހެރީ ޕޮޓާގެ އިތުރުން ތަންޑަރޕޭންޓްސް، ޗެރީ ބޮމްބް އަދި ވައިލްޑް ޓާގެޓުންވެސް ރުޕާޓް ފެނިގެން ގޮސްފައި ވެއެވެ.

- ކޮމެންޓް