ކ. މާލެ
|
10 މެއި 2020 | އާދީއްތަ 16:54
ދިރާގުން ދަނީ ކަސްޓަރަމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރަމުން
ދިރާގުން ދަނީ ކަސްޓަރަމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރަމުން
ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލުއި ދިނުން
ބިލު ނުދެއްކޭ ކަސްޓަމަރުންނަށް ދިރާގުން ވެސް ލުއި ގޮތްތަކެއް
ބިލު ދެއްކުމަށް އޮންނަ މުއްދަތު ދެ މަސް މަހަށް އިތުރު ކޮށްފައިވޭ
ޖޫރިމަނާއާ އަލުން ޚިދުމަތް ގުޅައިދިނުމަށް ނަގާ ފީތައް ނުނަގާނެ

ކޮވިޑް-19 އާއި ގުޅިގެން މާލީ ދަތިތައް ދިމާވެފައިވާ ކަސްޓަމަރުންގެ ބިލު ނުދެއްކޭ ޙާލަތުގައި، ކަސްޓަމަރުންނަށް ލުއިގޮތްތަކެއް ދިރާގުން ހަމަޖައްސައިދީފިއެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އުނދަގޫ ހާލަތުގައި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިވުމަށް ދިރާގުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ދިރާގުން ދީފައިވާ ލުއިތައް

  • ބިލު ދެއްކުމަށް އޮންނަ މުއްދަތު ދެ މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރުން
  • ކޮވިޑް-19 އާ ގުޅިގެން މާލީގޮތުން ދަތިތައް ކުރިމަތިވާ ފަރާތްތަކަށް ބިލު ދެއްކުމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން
  • ޖޫރިމަނާއާ އަލުން ޚިދުމަތް ގުޅައިދިނުމަށް ނަގާ ފީތައް ނުނެގުން
  • ވަޒީފާ ގެއްލިފައިވާކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ލިބެންދެން ޖޫން މަހާ ހަމައަށް ދިރާގުން ދޭ އެއްވެސް ޚިދުމަތެއް މެދުކަނޑާނުލުން

ދިރާގުން ބުނީ ފާއިތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މުޖުތަމަޢަށް ކުރިމަތިވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދާ ދިނުމުގައި އެ ކުންފުނިން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިރާގުން މި ލުއިތައް ދޭން ނިންމާފައިވާއިރު އެ ކުންފުނިން ވަނީ ދާދި ފަހުން 75 ރުފިޔާއަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކެއް ވެސް ތައާރަފު ކޮށްފައެވެ. މި ޕެކް ތައާރަފު ކުރަމުން ދިރާގުން ބުނީ މި ޕެކޭޖަކީ ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ތަޢާރަފު ކުރި ޕޭކޭޖެއް ކަމަށެވެ. އަދި، ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަދައި ދިނުމަކީ މައިގަނޑު ޢަމާޒު ކަމަށް ދިރާގުން ބުންޏެވެ.

ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ޑޭޓާ ބޭނުން ކުރާކަން ފާހަގަކޮށް ދިރާގުން ބުނީ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މާލެސިޓީ ފުރަބަންދުކުރުމާއެކު މީހުން މުއާޞަލާތުކޮށް އިންޓަނެޓުގެ ބޭނުން ހިފުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އިންޓަނެޓް އަގުހެޔޮ ކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން ވެސްދެއެވެ.

- ކޮމެންޓް