ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 04:00
ލިލީ އިންޓަރނޭޝަނަލްއިން ހިންގާ މެރީ ބްރައުން
ލިލީ އިންޓަރނޭޝަނަލްއިން ހިންގާ މެރީ ބްރައުން
ޓްވިޓަރ
ލިލީ އިންޓަރނޭޝަނަލް
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
 
މިހާރުވެސް މާލޭގައި 3 ފްރަންޗައިސް ރެސްޓޯރަންޓް އެބަހުރި

ލިލީ އިންޓަރނޭޝަނަލް އިން ރާއްޖޭގައި އިތުރު 3 ފްރަންޗައިސް ކެފޭ، ރެސްޓޯރަންޓް ހުޅުވުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

 

 

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ އެތެރެކޮށް ވިއްކަމުންގެންދާ ލިލީ އިންޓަރނޭޝަނަލްއިން ބުނެފައިވަނީ މިހާރު ބައެއް ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

 

 

ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރ އާމިރު މަންސޫރު ވިދާޅުވެފައިވަނީ މިހާރު ބައެއް ކުންފުނިތަކާއި އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެގޮތުން ކަސްޓަމަރުންގެ މެދުގައި ވަރަށް މަޤްބޫލު ތިން ފްރައިޗައިސްގެ ބްރާންޗްތަކެއް ރާއްޖޭގައި ހުޅުވިގެންދާނެ ކަމަށެވެ.

 

 

މިފްރަންޗައިސް ހުޅުވިގެންދާއިރު މާލެއާއި ހުޅުމާލޭގައިވެސް ކޮފީ ޝޮފްތަކާއި ބާބެކިއު ފްރަންޗައިޒް ރެސްޓޯރަންޓްތަކާއި އަދި ބްރެޑް ތީމްގެ ފްރަންޗައިޒްވެސް ހުޅުވިގެންދާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

 

 

ލިލީ އިންޓަރނޭޝަނަލްއިން މިހާރުވެސް ތިން ފްރަންޗައިސް ރެސްޓޯރަންޓް ހިންގަމުންގެންދެ އެވެ. މޭރީ ބްރައުން، ސީކްރެޓް ރެސިޕީ އަދި ޕިއްޒާ މިއާ އަކީ ވެސް ކަސްޓަމަރުންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ތިން ފްރަންޗައިޒް ރެސްޓޯރަންޓެއެވެ.

 

 

އެހެން ނަމަވެސް އަލަށް ހުޅުވޭ ފްރަންޗައިސް ރެސްޓޯރަންޓްތައް ހުޅުވޭނީ ކިހާ ތާނކުކަމެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

 

 

ލިލީ އިންޓަރނޭޝަނަލް އަކީ ރާއްޖެއަށް ބްރޭންޑެޑް ޕްރޮޑަކްޓްސްތައް އެތެރެކޮށް ވިއްކަމުންދާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް