މިހާތަނަށް އެންމެ ހިންހަމަޖެހުނު އެއް މަސައްކަތަކީ "ލަވް އާޖްކަލް" ގައި ކުރެވުނު މަސައްކަތް ކަމަށް ކާރްތިކް އާރްޔަން ބުނެފިއެވެ.
ކާރްތިކް ބުނީ ދެ ކެރެކްޓަރ އެއް އެއް ފިލްމެއްގައި ދެއްކުން އެއީ ކުޑަކޮށް ބިރުވެރިކަމެއް ކަމަށް ސިފަވާ ކަމަށެވެ. ނަމަވެސް "ލަވް އާޖްކަލް" ގައި "ވީރް" އިން "ރަގޫ" އަށް އެކްޓުކޮށްލުން ވަރަށް ފަސޭހަ ކަމަށެވެ. އަދި މި ކަމުގައި ހުރިހާ ޝުކުރެއްވެސް އޮތީ ފިލްމުގެ ޑައިރެކްޓަރ އިމްތިޔާޒް އަލީ އަށް ކަމަށެވެ. ކާރްތިކް ފާހަނގަކުރި ގޮތުގައި ފިލްމުގެ ޑައިރެކްޓަރ އިމްތިޔާޒަކީ ވަރަށް މޮޅަށް އެކްޓްކުރުވާ މީހެއް ކަމަށެވެ.
ކާރްތިކް ހުކުރު ދުވަހު ވަނީ 'ލަވް އާޖް ކަލް' ގައި އޭނާގެ މަންޒަރެއް ފެންނަ ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ. މި ފޮޓޮއާއެކު އިމްތިޔާޒާ އެކު އޭނާ ނަގާފައިވާ ފޮޓޮއެއްވެސް ހިމަނާފައިވެއެވެ. ފޮޓޯގެ ކެޕްޝަންގައި ފުރަތަމަ ފިލްމެއްގައި މަސައްކަތް ކުރުމަށް ހުވަފެން ދެކެން ފެށިހިސާބުން ފެށިގެން ލޯގަނޑު ކުރިމަތީ ހުރެ އެކްޓު ކުރާ ކަމަށް ބުނެފަވެއެވެ.
އެއަށް ފަހު އެކަމަށް ލޯބި ޖެހި ފިލްމުތައް ލިބެންފެށި ކަމަށެވެ. ކާރްތިކް ބުނީ އިމްތިޔާޒްގެ ފިލްމެއްގައި މަސައްކަތް ކުރާ އިރު ކެމެރާ ފެންނަ ހަނދާން ވެސް ނުހުންނަ ކަމަށެވެ. ސީން އެއް ކަޓް ކުރުމަށް ފަހު އޭނާ ބަލާލާ ދިމާލެއްގައި އިމްތިޔާޒް އަބަދުވެސް ހުންނާތީއެވެ. ކުރާ މަސައްކަތް މޮނިޓަރ ކުރުމުގެ އިތުރަށް އަބަދުވެސް ކާރްތިކް އާއެކު ހުންނަ ކަން ފާހަނގަކުރިއެވެ.
ހީވެސް ނުކުރާ ވަރަށް "ލަވް އާޖް ކަލް" ގައި އޭނާ ދައްކުވައިދިން އެކްޓު މީހުން ބަލައިގެންފިކަމަށް ކާރްތިކް ބުންޏެވެ. ލޯތްބާއެކު މަސައްކަތުގެ އަގު ވަޒަން ކޮށްފިއެވެ. ޙާއްސަކޮށް ކާރްތިކަށް އެންމެ ކަމުދާ ފިލްމް ޕްރޮޑިއުސަރުންނާއި އިންޑަސްޓްރީގައި އޭނާ އެންމެ ގަދަރު ކުރާ މީހުންގެ ފަރާތުންނެވެ.
ކާރްތިކް ވަނީ އިމްތިޔާޒަކީ ޑައިރެކްޓަރެއްގެ އިތުރަށް ޖާދޫގަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ޕޯސްޓުގައި 'ލަވް އާޖްކަލް' ގެ ޑައިރެކްޓަރ އިމްތިޔާޒަށް ކާތިކް ވަނީ ޝުކުރު އަދާކޮށްފައެވެ.