ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 02:36
ވީބީ ސްޕޯޓްސް ކުލަބާއެކު ޗެރިޓީ ޝީލްޑް ހާސިލްކުރުމަށްފަހު
ވީބީ ސްޕޯޓްސް ކުލަބާއެކު ޗެރިޓީ ޝީލްޑް ހާސިލްކުރުމަށްފަހު
ފޭސްބުކް
އެފްއޭއެމް
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
އެފްއޭއެމްއިން، ވަންލީ އާއި މަގާމް ހަވާލުކުރިކަން ރަސްމީ ސިފައެއްގައި އަދި ޢިއުލާން ކޮށްފައެއް ނުވޭ
ވަންލީ ވަނީ މީގެ ކުރިން ވީބީ ސްޕޯޓްސް ކުލަބަށްވެސް ކޯޗުކަން ކޮށދީފަ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރަކަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި އެވެ.

ޓެކްނިކަލް ޑިރެކްޓަރަކަށް ޖޭން ވަންލީ ހަމަ ހަމަޖެއްސި ނަމަވެސް އަދި އެފްއޭއެމްއިން ރަސްމީ ސިފައެއްގައި މިކަން ޢިއުލާން ކޮއްފައެއް ނުވެ އެވެ. އެހެން ނަމަވެސް ވަންލީ ވަނީ އާދިއްތަ ދުވަހު ވަޒީފާއަށް ނިކުމެފަ އެވެ. އެގޮތުން އޭނާ ވަނީ އާދީއްތަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ މާޒިޔާގެ ފަރިތަކުރުންތައް އޮބްޒާވް ކޮށްފަ އެވެ. އޭއެފްސީ ކަޕުގައި ބެންގަލޫރު އެފްސީ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް މަޒިޔާއިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް އޮބްޒާވް ކުރުމަށްފަހު ވަންލީ ވަނީ ޓީމުގެ ބައެއް ކުޅުންތެރިންނާއި މާޒިޔާގެ ކޯޗް ސެކުލޮސްކީއާވެސް ވާހަކަ ދައްކާފަ އެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެފްއޭއެމްއިން ވަންލީއާއެކު އެއްބަސްވުމުގައި ސޮއެކޮށް ރަސްމީގޮތުން މަގާމް ހަވާލުކުރާނެ އެވެ. އެފްއޭއެމްއިން ވަނީ މީގެ ކުރިންވެސް ޓެކްނިކަލް ޑިރެކްޓަރެށް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ޓެކްނިކަލް ޑިރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާ ބޮޑަށް އިސްކަންދެނީ ރާއްޖެއިން ބޭރު މީހަކަށް އެ މަގާމު ހަވާލުކުރުމަށް ކަމަށެވެ.

ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި ޖޭން ވަންލީ ވަނީ މީގެ ކުރިން ވީބީ ސްޕޯޓްސް ކުލަބަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ ވީބީ ސްޕޯޓްސް ކުލަބަށް ދިވެހި ލީގު މިލްކު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް