ކ. މާލެ
|
9 މެއި 2020 | ހޮނިހިރު 00:30
ބީއެމްއެލްގެ ހެޑް އޮފީސް: އޮންލައިން ޓްރާންސެކްޝަންތައް ހެދުމަށާއި ކާޑު ބޭނުންކުރުމަށް އަދި އޮންލައިން ހިދްމަތްތަކުގެ ބޭނުން ކުރުމަށް ބާރުޅަމުން ދޭ
ބީއެމްއެލްގެ ހެޑް އޮފީސް: އޮންލައިން ޓްރާންސެކްޝަންތައް ހެދުމަށާއި ކާޑު ބޭނުންކުރުމަށް އަދި އޮންލައިން ހިދްމަތްތަކުގެ ބޭނުން ކުރުމަށް ބާރުޅަމުން ދޭ
ބެންކް އޮފް މޯލްޑިވްސް
ޕެޓްރޯލް ޝެޑްތަކަށް ކާޑުން ފައިސާ ދެއްކޭނެގޮތް ހެދ
ބީއެމްއެލް ކާޑު މެދުވެރިކޮށް ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭގޮތަށް ހަމަޖައްސައިފި
ކޭޝް ކާޑު ބޭނުންކޮށްގެން އެފްއެސްއެމްގެ މާލެ އަދި ހުޅުމާލެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭނެ
މިކަން ހާމަ ކުރީ ބީ.އެމް.އެލް އިން ކުރި ޓްވީޓް އަކުން
ނަގުދު ފައިސާ އިން ވިޔަފާރި ކުރުމުގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންތައް ނުވަތަ ކޭޝް ކާޑު ބޭނުން ކުރުން މުހިންމު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑު ބޭނުންކޮށްގެން ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ކުރި ޓުވީޓެއްގައި ބުނީ މާލެ އާއި ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑުތަކުގައި ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ކަމަށެވެ.

ކޮވިޑް-19 އާ ޕެންޑަމިކްއާ ގުޅިގެން، ނަގުދު ފައިސާ އިން ވިޔަފާރި ކުރުމުގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންތައް ނުވަތަ ކޭޝް ކާޑު ބޭނުން ކުރުމަށް ކަމާބޭހޭ ފަރާތްތަކުން ދަނީ ލަފާ ދެމުންނެވެ.

ބީއެމްއެލް ވަނީ އެ ބޭންކްގެ ބައެއް ހިދްމަތްތައް ވެސް އޮންލައިންކޮށް ހޯއްދެވުމަށް އިރުޝާދު ދީފަ އެވެ.

ކޮވިޑް-19 ރައްކާތެރިވުމަށް އެޅޭ އެންމެ ރައްކާތެރި އެއް ފިޔަވަޅަކީ، ސާފު ތާހިރުވުމާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ކަމަށްވާއިރު، ގިނަ ބަޔަކު އެއްވެ އުޅުން ވީހާވެސް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުން ނެވެ.

- ކޮމެންޓް