ކ. މާލެ
|
6 މެއި 2020 | ބުދަ 23:26
މީރާ އޮފީސް
މީރާ އޮފީސް
ޔޫސުފް ސޮފްވާން ރަޝީދު
މީރާގެ ހިދުމަތްތައް
ފުރަބަންދުގެ މުއްދަތުގައި އެއްވެސް ޖޫރިމަނާއެއް ނާންނާނެ: މީރާ
ސުންގަޑިތަކަށް ބަދަލު އަންނަމުންދާނެ ކަަމަށް ވިދާޅުވި
މީރާގެ ގިނަ ޚިދުމަތްތަކެއް ވަނީ އޮންލައިންކޮށް ދިނުމަށް ހަަމަޖައްސާފައި

ފުރަބަންދުގެ މުއްދަތުގައި އަންނަ އެއްވެސް ސުންގަޑިއަކަށް ޖޫރިމަނާ ނާންނާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރ ޖެނެރަލް ކޯޕަރޭޓް ބިޒްނަސް މޫސާ ހަލީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ހަލީމް ވިދާޅުވީ ބަންދު ދުވަސްތަކުގެ ތެރޭގައި ޓެކްސް ފައިސާ ދެއްކުމާއި ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވާ ފަރާތްތަކުގެ ސުންގަޑިއަށް ބަދަލު އަންނާނެ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަން ބޭނުންވާ އަދި ޓެކްސް ބަޔާން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފުރަބަންދުގެ މުއްދަތުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމް އޮންލައިންކޮށް ވާނީ ހާމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ފަރާތްތަކަށް އޮންލައިންކޮށް ޚިދުމަތް ލިބިގަތުމުގައި ދަތިތައް ހުންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެފަރާތްތަކަށް ފުރަބަންދު ނިމިގެން މީރާ އޮފީސް ހުޅުވުމުން މީރާއަށް ވަޑައިގެން ފައިސާ ދެއްކެވޭނެ ތާރީޚެއް ހަމަޖެހިގެންދާނެކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ ޓެކްސް އާ ގުޅިގެން އެއްވެސް ފަރާތަކުން ޖޫރިމާނާއެއް ވެފައިވާނަމަ "މީރާ 9،10" ފޯމް ފުރިހަމަ ކުރުމަށް ފަހު ފޯމްގެ ތިރީގައި ލިޔެފައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި މެއިލް ކުރެއްވުމުން އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލާއި އެއްގޮތަށް ޖޫރިމަނާއަށް ލުއި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް