މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" އިން ބޮލީވުޑަށް ތަޢާރަފުވި ތަރި ތާރާ ސުތައިރިއާ އެންމެ ފިލްމުނކުޅޭހިތްވަނީ ރަންވީރު ސިންގް އާއި އެކުގައި ކަމަށް ތާރާ ބުނެފިއެވެ.
ތާރާ އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކިއު އެންޑް އޭ ސެޝަންއެއްގައި އެންމެ ފިލްްމު ކުޅޭހިތްވާ ބޮލީވުޑް އަދި ހޮލީވުޑްގެ ތަރިއަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ތާރާ ބުނެފައިވަނީ ބޮލީވުޑުން އެންމެ ފިލްމު ކުޅޭހިތްވަނީ ރަންވީރު ސިންގް އާއި އެކުގައި ކަމަށެވެ. ތާރާ ބުނެފައިވަނީ ރަންވީރަކީ ވަރަށް ހުނަރުވެފައި އަދި މަޖާ ހިތްހެޔޮ ތަރިއެއް ކަމަށެވެ. އަދި ހޮލީވުޑް ތަރިންގެ ތެރެއިން އޭނާ އެންމެ ފިލްމު ކުޅޭ ހިތްވަނީ ޖޫލިއާ ރޮބާރޓްސް އާއި އެކުގައި ކަމަށްވެސް ބުންޏެވެ.
ތާރާގެ މިހާތަނަށް ރިލީޒްކޮށްފައިވަނީ ދެ ފިލްމެވެ. އެއީ "ސްޓޫޑެންޓް އޮފް ދަ އިޔަރ 2" އާއި "މަރުޖާވާން" އެވެ.
ސްޓޫޑެންޓް އޮފް ދަ އިޔަރ 2" ގައި ތާރާ ފެނިގެން ގޮސްފައިވަނީ ޓައިގާ ޝްރޯފާއި، އަނަންޔާ ޕާންޑޭއާއި އެކުގައެވެ. މަރުޖާވާންގައި ތާރާ ފެނިގެން ގޮސްފައިވަނީ ސިދާތު މަލޯތްރާ އާއި އެކުގައެވެ.
އަދި ދާދި ފަހުން ވަނީ ތާރާ އާއި ސިދާތު އަކުގައި ކުޅެފައިވާ "މަސައްކަލީ 2.0" ރިލީޒް ކޮށްފައެވެ. މި ލަވަ އަކީ "ޑެއްލީ 6" ގައި ހިމެނޭ "މަސައްކަލީ" ލަވައިގެ ރީމޭކެކެވެ. އެލަވައިގައި ފެނިގެން ދަނީ ސޯނަމް ކަޮޕޫރާއި އަބީޝެކް ބައްޗަން އެވެ. އޮރިޖިނަލް ލަވައާއި އަޅާ ބަލާއިރު މި ލަވައަށް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ.