ކ. މާލެ
|
5 މެއި 2020 | އަންގާރަ 01:34
"އައި ފޯ އިންޑިއާ ކޮންސެޓް" ގައި ބައިވެިރިވި ބައެއް ތަރިން
ޓައިމްސް ނައު
އައި ފޯ އިންޑިއާ ކޮންސެޓް
"އައި ފޯ އިންޑިއާ ކޮންސެޓް" އަށް 52 ކްރޯޑް ރުޕީސް
ކޮންސެޓް ބާއްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ
ކޮންސެޓް އިންތިޒާމް ކޮށްފައިވަނީ ކަރަން ޖޯހަރާއި ޒޯޔާ އަޙްތަރު
މި ފައިސާ ހަދިޔާކުރެވިގެންދާނީ އިންޑިއާގެ ކޮވިޑް ރެސްޕޮންސް ފަންޑަށް

"އައި ފޯ އިންޑިއާ ކޮންސެޓް" ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

އައި ފޯ އިންޑިއާ ކޮންސެޓަކީ ބޮލީވުޑް އަދި ހޮލީވުޑްގެ ތަރިނާއި އެކު މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވެފައިވާ ކޮންސެޓެކެވެ. އާދީއްތަ ދުވަހުގެ ރޭ އިންޑިއާ ގަޑިން 7:30 ގައި މި ކޮންސެޓް ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައެވެ.

މި ކޮންސެޓް ބާއްވާފައި ވަނީ އިންޑިއާގައި ކޮވިޑް 19 އާއި ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

މި ކޮންސެޓުގައި ޝާހުރުކް ޚާން، ބްރަޔަން އެޑަމްސް ،ވިލް ސްމިތް، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ޖޯނަސް ބްރަދާސް، ކަރީނާ ކަޕޫރު، އާމިރު ޚާން، ރަންވީރު ސިންގްގެ އިތުރުންވެސް މަޝްހޫރު އެތައް ފަންނާނުންނާއި ލަވަކިޔުންތެރިން ވަނީ ތަފާތު ހަރަކާތްތައް ދައްކާލުމަށްފަހު ކޮވިޑް 19 އާއި ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދީފައެވެ .

މި ކޮންސެޓް އިންތިޒާމު ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ދެ ޕްރޮޑިއުސަރުން ކަމަށްވާ ކަރަން ޖޯހަރާއި، ޒޯޔާ އަޚްތަރެވެ.

މި ކޮންސެޓަށް 52 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. ފޭސް ބުކް މެދުވެރިކޮށް ފަންޑަށް 4.3 ކްރޯޑް ލިބިފައިވާ އިރު އެހެނިހެން ގޮތް ގޮތުން މި ކޮންސަޓްގެ ފަންޑަށް 47.77 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

މި ހުރިހާ ފައިސާ އެއްވެސް ހަދިޔާކުރެވިގެންދާނީ އިންޑިއާގެ ކޮވިޑް ރެސްޕޮންސް ފަންޑަށެވެ.

- ކޮމެންޓް