ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 12:31
ކޮވިޑް-19 އާއި ގުޅިގެން ޚިދުމަތްދޭ ތަންތަން ބަންދުކުރުމުން ސިންގަޕޫރުގެ މަގުތައް މިހާރު އޮންނަ ގޮތް
ކޮވިޑް-19 އާއި ގުޅިގެން ޚިދުމަތްދޭ ތަންތަން ބަންދުކުރުމުން ސިންގަޕޫރުގެ މަގުތައް މިހާރު އޮންނަ ގޮތް
އޭޝިއާ ޓައިމްސް
ކޮވިޑް-19: ސިންގަޕޫރުގެ ޙާލަތު
ސިންގަޕޫރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެނީ
މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަސްރަތު ކުރުމަށް ޕޭވްމެންޓުތަކަށް ނުކުމެވޭނެ
މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޑެލިވަރީ އަދި ޓޭކްއަވޭ ކުރެވޭނެ
ލޯންޑްރީގެ ޚިދުމަތްތަކާއި ބޯކޮށުމުގެ ޚިދުމަތްތައް ދޭންފެށޭނެ

އަންނަ ހަފުތާއިން ފެށިގެން ސިންގަޕޫރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމަފިއެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފުތާތަކުގައި އެޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓްރީން ބުނީ ސިންގަޕޫރުގައި ރިޕޯޓުކުރެވޭ ކޭސްތަކުގެ ޢަދަދު ފާއިތުވެދިޔަ މަހުގައި މަދުކުރެވުނީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ދެވުނު އިސްކަމެއްގެ ސަބަބުން ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް އަދިވެސް ރިޕޯޓުކުރެވެމުންދާކަން ފާހަގަކޮށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ފަރުވާކުޑަކޮށްފި ނަމަ ކުއްލިއަކަށް ކޭސްތައް ފެންނަވަރު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. ފިޔަވަޅުތަކަަށް ލުއިތަކެއް ދިނުމަށް ނިންމިނަމަވެސް ޕާކުތަކާއި ޖިމްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ސިންގަޕޫރުން ވަނީ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ބައެއް ރައްޔިތުންނަށް ކަސްރަތު ކުރުމަށް ޕޭވްމެންޓުތަކަށް ނުކުމެވޭނެކަމަށް ބުނެފައެވެ. އަދި މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޑެލިވަރީ އަދި ޓޭކްއަވޭ ކުރެވޭނެ ކަމަށާއި، ލޯންޑްރީގެ ޚިދުމަތްތަކާއި ބޯކޮށުމުގެ ޚިދުމަތްތައް ދޭންފެށޭނެ ކަމަށެވެ.

- ކޮމެންޓް