ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 01:34
ކޮރޯނާވައިރަސް ހެލްމެޓް އަޅައިގެން ހުރި އިންޑިއާގެ ފުލުހަކު މަގުމަތީގައި ދުއްވާފައި ދާ ބަޔަށް އަތުން އިޝާރާތް ކުރަނީ
ކޮރޯނާވައިރަސް ހެލްމެޓް އަޅައިގެން ހުރި އިންޑިއާގެ ފުލުހަކު މަގުމަތީގައި ދުއްވާފައި ދާ ބަޔަށް އަތުން އިޝާރާތް ކުރަނީ
ގެޓީ އިމޭޖަސް
ކޮވިޑް-19 އިންޑިއާ
ދުނިޔޭގެ އެންމެ ބޮޑު ލޮކްޑައުން – އިންޑިއާ އިން 2 ހަފްތާ އިތުރު ކޮށްފި
މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ މެއި މަހުގެ 3ށް

މުޅި އިންޑިއާގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އިތުރު 2 ހަފްތާ އަށް ދަންމާލައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ލޮކްޑައުންގެ ގޮތުގައި ބެލޭ އިންޑިއާ އިން ލޮކްޑައުންގެ މުއްދަތު މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އިތުރު ކުރިކަން ހުކުރު ދުވަހު އެ ގައުމުގެ ދާޚިލީ ވުޒާރާއިން ވަނީ އިއުލާން ކޮށްފައެވެ.

އިންޑިއާގައި ލޮކްޑައުން އިއުލާން ކޮށްފައިވަނީ 2005 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ ޑިޒާސްޓަރ މެނޭޖްމަންޓް ގާނޫނުގެ ދަށުންނެވެ.

މާޗް މަހުގެ 25 ވަނަ ދުވަހު 3 ހަފްތާއަށް އިއުލާން ކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މެއި މަހުގެ 3 ވަނަ ދުވަހަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބަލީގެ ނުރައްކާ އަންގައި ދިނުމުގެ ގޮތުން އިންޑިއާގެ ޑިސްޓްރިކްޓްތައް ވަނީ ގްރީން، އޮރެންޖް، އަދި ރެޑް ޒޯން ތަކަކަށް ބަހާލައިފައެވެ.

އިންޑިއާ އިން ބުނެފައިވަނީ ކޮންމެ ކުލައެއްގެ ޒޯނެއްގައި ހިމެނުނު ކަމުގައި ވީ ނަމަވެސް، ވައިގެ ދަތުރުތަކާއި، ރޭލް ދަތުރުތަކާއި، އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރު ކުރުމަކީ މަނާ ކަމެއް ކަމުގައެވެ. މީގެ އިތުރުން ހުރިހާ ސްޓޭޓެއްގައި ސްކޫލްތަކާއި ކޮލެޖްތަކާއި، ތައުލީމާއި ތަމްރީންދޭ ތަންތަން ހުންނަން ޖެހޭނީ ބަންދު ކޮށްފައެވެ.

- ކޮމެންޓް