އޮސްޓްރޭލިއާގެ ސައުތު ހެޑް ލޭންޑްގެ ސްކެއަރ ސެންޓަރުގައި މީހަކު ވަޅިން ޙަމަލާ ދެމުން ދަނިކޮށް ފުލުހުން އޭނާ ގަޔަށް ބަޑި ޖަލާ މަރާލައިފިއެވެ.
ހުކުރު ދުވަހު ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިޙަމަލާގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އެމީހާ ގަޔަށް ބަޑި ޖެހުމުގެ ކުރިން ފުލުހުން ވަނީ ޓޭޒާ ބަޑި ބޭނުންކޮށްގެން އޭނާ މައިތިރި ކުރުމުގެ މަސައްކަތް ކޮށްފަައެވެ. ނަމަވެސް އެގޮތަށް ކާމިިޔާބު ނުވުމުން ފުލުހުންނަށް އޭނާ ގަޔަށް ބަޑި ޖަހަން މަޖުބޫރިވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ވަނީ މިހަމަލާ އެއްވެސް ހެއްކެތް ނުވަތަ ވީޑިއޯ ފުޓޭޖެއް ހުރި ނަމަ ހިއްސާ ކޮށްދިނުމަށް ޢާންމުންގެ ކިބައިން އެދިފައެވެ. ބަޑިޖަހާ މަރާލި މީހާގެ މަޢުލޫމާތު ފުލުހުން ޢާންމުކޮށްފައި ނުވިނަމަވެސް އެއީ ފިރިހެނެއް ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.